ހުޅުމާލޭ ގަރާޖެއްގެ މަތީގައި ބިދޭސީން ހިންގަމުންދިޔަ ވިޔަފާރިއެއް ރޫޅާލައި 11 މީހުން ހައްޔަރު ކޮށްފި އެވެ.
އިމިގްރޭޝަން ވޮޗުން ބުނީ އެމީހުން އެތަނަށް ދިޔައިރު ބިދޭސީން ތިބީ ކާބޯތަކެތި ވިއްކާ ތަން ރޫޅާށެވެ.

“އިމިގްރޭޝަން ވޮޗް” އަށް ލިބިފައިވާ މަޢުލޫމާތާއެކު މިއަދު ވަނީ އެތަން ބަލައި ފާސްކޮށްފައި. އެގޮތުން އިމިގްރޭޝަނުން ހާޒިރުވިއިރު ބިދޭސީން ދިޔައީ އެތަން ރޫޅާލާ ހުސްކުރުމުގެ މަސައްކަތް ކުރަމުން. ނަމަވެސް، ގަވާއިދާ ހިލާފަށް ކާބޯތަކެތި ޑެލިވަރީ ކުރާ ތަނުގައި ތިބި ބިދޭސީ 8 މީހަކާއި ގަރާޖުން 3 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި."
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުން ވަނީ 2000 އަށްވުރެ ގިނަ ބޮދޭސީން ޑީޕޯޓް ކޮށްފައިކަން ފާހަގަ ކުރެވެއެވެ.



