އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، ޕޮލިސް ކޮލެޖުގައި ކިޔަވަމުންދިޔަ ގިނަޚާނާ ވިހަވުމުގެ ސަބަބުން ހާލު ދެރަވެ ދެކުއްޖަކު އައިސީޔޫއަށް ބަދަލުކޮށްފިއެވެ.
ކާނާ ވިހަވަގެން އައްޑޫ އިކުއެޓޮރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނީ ސީދާ ކިތައް ކުދިންނަކަށް ކަމެއް ނޭނގެއެވެ. 32 ކުދިންނަށް ފަރުވާ ދިން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިން ކަމަށާއި 100 ވަރަކަށް ދަރިވަރުން އެތަނުގައި ކިޔަވަމުންދާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.


