އައްޑޫ ސިޓީގައި ތަރައްޤީކުރާ ޕިކްނިކް އައިލެންޑް ހަދައިދޭނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ޕިކްނިކް އައިލެންޑް ތަރައްޤީކުރަން ނިންމާފައިވަނީ އައްޑޫގެ ފަޅު ރަށެއް ކަމަށްވާ އައުހެރައިގައި ކަމަށެވެ.
އެ ރަށް ޕިކްނިކް އައިލެންޑަކަށް ހަދަން ކުއްޔަށް ނަގައި، އެތަން ތަރައްޤީކޮށް ހިންގަން ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 31 ގެ ކުރިން ބީލަން ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
އައްޑު ސިޓީ ކައުންސިލުން ބުނީ ބިޑު ހުޅުވުން އޮންނާނީ އެ ދުވަހުގެ 10:00 ޖަހާއިރު ކަމަށެވެ.



