1 ކިލޯގެ މަސްތުވާ ތަކެއްޗާއެކު ހުޅުނާލެއިން 7 މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެމީހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިތަކެތި ހޯދީ ކޯޓު އަމުރެއްގެ ދަށުންނެވެ. މި އޮޕަރޭޝަނުގައި ހުޅުމާލޭގެ އެޕާޓްމަންޓަކާއި ކާރެއް ބަލައި ފާސްކުރި ކަމަށެވެ. ނަމަވެސް މަސްތުވާ ތަކެތި ފެނުނު ސީދާ ތަނެއް ފުލުހުން ނުބުނެއެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 18 އަހަރާއި 39 އަހަރާއި ދެމެދުގެ މީހުންނެވެ. މި 7 މީހުންގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިފައެވެ.
ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެކުރުމަކީ ނުލާހިކު ފަސޭހަ ކަމެއް ކަމަށް ކަސްޓަމްސްއިން އެއްބަސްވެއެވެ. އެހެންކަމުން މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކުރުމަށް އަބަދުވެސް ސަރުކާރުތަކުން މަސައްކަތް ކުރެއެވެ.



