ރާއްޖޭގެ ގަވަރުނަރު އަލީ ހާޝިމް ރާއްޖޭގެ އިޤްތިސާދު ކޮޅަށް ޖެހުމަށް ސަރުކާރަށް އެއްބާރުލުން ނުދޭ މައްސަލައިގައި އޭނާ ވަކިކުރަން ރައީސަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އިސްނަންގަވައި ހުށަހެޅުއްވި މައްސަލައިގައި ހާޝިމަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދެއްވުމުން އޭނާ މަޖިލީހަކަށްވެސް ވަޑައިނުގަތެވެ. އޭގެ ބަދަލުގައި ، މަޖިލީހަށް ހާޒިރުނުވާންވެގެން ބަލިވެ އުޅުއްވަނީ ކަމަށް ވިދާޅުވެ މަޖިލީހަށް ފޮނުއްވީ ރިޕޯޓެކެވެ.
އެ ރިޕޯޓުގައި ގަވަރުނަރު ވަނީ ރާއްޖޭއަށް އިޤްތިޞާދީ ކާރިސާއެއްގެ ބިރު ބޮޑުވެފައިވުމުގެ މައިގަނޑު ސަބަބަކީ، މަރުކަޒީ ބޭންކާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދިން އިރުޝާދާއި ލަފައަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން ޢަމަލު ނުކުރުމުންކަމަށެވެ.
އެ ރިޕޯޓް ދިރާސާ ކުރެއްވުމަށްފަހު މެމްބަރުންގެ އަޣުލަބިއްޔަތުން ގަވަރުނަރު މަޤާމުން ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުއްވަން ނިންމެވީއެވެ.



