އެއްފަހަރާ ފައިސާ ދެއްކުމުން ސަލާމަތްވެ، 2026 ވަނަ އަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ބޮންޑެއް އަނބުރާ ދެއްކުމަށް އެހީތެރިވުމަށް 300 މިލިއަން ޑޮލަރުގެ ލޯނެއް އަލުން އެކުލަވާލާނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީގު އިއުލާން ކުރެއްވި އެވެ.
791 ދުވަސް ކުރިން - 20:25
ގޭންގް ކުށްތަށް ހުއްޓުވުމަށްޓަކައި އެކަމަށް ހާއްސަ ޤާނޫނެއް ފާސްކުރުމެގެ މަސައްކަތް ކުރަމުންދާކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވުޒާރާއިން ވަނީ މައުލޫމާތު ދީފި
791 ދުވަސް ކުރިން - 19:22
މިހާރު ރާއްޖެއިން ބޭރަށް ދަތުރުކުރާ އެއްވެސް ފަރާތަކުން މި ފޯމު ފުރިހަމަ ކުރަން ނުޖެހޭ. 15 އޮގަސްޓުން ފެށިގެން މިގޮތަށް އަމަލުކުރަން ފަށާނެ ކަމަށް އިމިގްރޭޝަނުން ވަނީ ސާކިއުލާއެއް ނެރެފައި
791 ދުވަސް ކުރިން - 18:09
ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. ޑޭޓާ ރައްކާތެރިކުރުމާއި ސައިބަރ ސެކިއުރިޓީގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ދެ ފަރާތުންވެސް ފާހަގަކުރެއްވިއެވެ.
791 ދުވަސް ކުރިން - 17:00
ރާއްޖެއިން 28 ރަށް އިންޑިއާއަށް ދިން ކަމަށް ބުނެ މީޑިއާގައި ފަތުރާ ވާހަކަތައް ދޮގުކޮށް، އެފަދަ އެއްބަސްވުމެއް ނެތްކަން ސާފުކޮށް، އެ ތުހުމަތުތަކަކީ އޮޅުވާލާ އަދި އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް އިންޑިއާއިން ބުނެއެވެ.
791 ދުވަސް ކުރިން - 16:16
ޕީޖީގެ މަގާމަށް ޝަމީމް ކުފޫ ހަމަނުވާކަމަށް ބުނެ މައްސަލަ ހުށަހެޅީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ. ޝަމީމް ޕީޖީގެ މިންގަނޑުތަކާ ޚިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. މައްސަލަ ދިރާސާކުރަން ޖުޑީޝަރީ ކޮމިޓީން ފާސްކުރީ އިއްޔެއެވެ.
791 ދުވަސް ކުރިން - 15:05
ޕާކިސްތާނުގެ 77 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ޤައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
791 ދުވަސް ކުރިން - 14:09
މެމްބަރު ޝާހިދުގެ ހުށަހެޅުއްވުމުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ ސުލޫކާއި މެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށްލެވޭ. ޚިޔާލުތަފާތުވުން ބޮޑު ނިންމުންތަކާއި ގޯސް އަމަލުތަކުގެ ތުހުމަތުތަކުގެ ތެރޭގައި މަގާމުން ވަކިކުރުމަށް ޖުޑިޝަރީ ކޮމިޓީން ވިސްނަނީ
791 ދުވަސް ކުރިން - 13:59
ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ރެގިއުލޭޓް ކުރުމަށް ރައީސްގެ އެޖެންޑާއާ އެއްގޮތަށް ބިދޭސީ މަސައްކަތްތެރިންނާއި ކުންފުނިތަކުން 182 މިލިއަން ރުފިޔާ ލިބިފައިވާއިރު، އަދިވެސް 453 މިލިއަން ރުފިޔާ ނުދައްކަ އެވެ.
791 ދުވަސް ކުރިން - 12:53
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ އެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
791 ދުވަސް ކުރިން - 12:36
މޯލްޑިވްސް ޕޮލިސް ސާވިސްގެ އޮޕަރޭޝަނަލް ލެވެލް ތިނަކަށް މަތިކޮށް، ވިއްސާރައާއި ގުޅިގެން އާންމުންގެ ސަލާމަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެބަ ހަރަކާތްތެރިވޭ
791 ދުވަސް ކުރިން - 11:14
ޕާސްޕޯޓުގެ ޚިދުމަތް، ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ގަޑިތަކާއި އެއްގޮތަށް މިއަދުވެސް ލިބޭނެ. ޕާސްޕޯޓަށް އެދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ހުޅަހެޅޭނެ. ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުން ކިއުބީ މެދުވެރިކޮށް، ހެނދުނު 08:30 އިން ހަވީރު 05:00 އަށް.
791 ދުވަސް ކުރިން - 11:06