ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތް ނިންމާ އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވުޒާރާއިން ވަނީ މައުލޫމާތު ދީފައިއެވެ.
އެވުޒާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ބަދަލުތައް ގެނެއުމުގެ އެންމެ ބޮޑު ބޭނުމަކީ ނުވަތަ މަޤްސަދަކީ އެންމެނަށްވެސް ރައްކާތެރި، ކުށްކުރުން ބަރީޢަވެގެންވާ ރައްކާތެރި މާހައުލެއް ބިނާކުރުން ކަމަށެވެ. އެގޮތުން ގޭންގް ހަދާ، ކުށްކުރާ މީހުންދެނަގަނެ އެކަމަށް ވަކިން ލިސްޓެއް ހަދައި، ގޭންގު ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ކުށުގެ ތަޙްޤީޤު ބެލުމާއި، އެފަދަ ތަޙްޤީޤުތައް ހަރުދަނާކޮށް އެކަށީގެންވާ އަވަސް މަރުހަލާއަކުން ކުރިއަށް ގެންދިޔުމަށް ފުލުހުންނަށް ޚާއްސަ ބާރުތަކެއް ދިނުންވެސް މި ޤާނޫނުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ތަފާތު އެކި ވައްތަރުގެ ކުށްތައް ފެންމަތިވެފައިވާއިރު، އާންމުންގެ އެންމެ ބޮޑު ބިރަކަށް ވެފައިވަނީ ގޭންކު ކުށްތަކުގެ ސަބަބުންކަން ފާހަގަކޮއްލެވެ. މިއީ ޒަމާނުއްސުރެއް ދިވެހީން ދުޑިނޭޅި ކުރަމުންދާ ކަންބޮޑުވުމެކެވެ.
ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ މިކަހަލަ ބޮޑެތި ގޭންގު ކުށްތަކާއި އަދި މަސްތުވާތަކެއްޗަށް "ޒީރޯ ޓޮލަރެންސް" ކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވުޒާރާއިން ވަނީ ބުނެފައެވެ..



