އެމްޕޮކްސްގެ ނުރައްކާ ވޭރިއަންޓް ޖެހިފައިވާކަމަށް ބެލެވޭ މީހަކު ތައިލެންޑުންވެސް ފެނިއްޖެ. މި ބަލި ފެނިފައިވަނީ އެފްރިކާގެ ޤައުމަކުން ތައިލެންޑަށް ދިޔަ ޔޫރަޕް މީހެއްގެ ގައިން. އޭނާއަށް ޖެހިފައިވަނީ ބަލީގެ ނުރައްކާ ވޭރިއަންޓް ކަމަށްވާ ކްލޭޑް 1. އޭނާ މިހާރު ހުރީ ކަރަންޓީނުކޮށްފައި.
783 ދުވަސް ކުރިން - 14:51
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައިވާގޮތުން އައިސް ޕްލާންޓް އަޅަން ނިންމާފައިވަނީ ހއ. ދިއްދޫ އާއި، އއ. ރަސްދޫ އާއި، ގދ. ރަތަފަންދޫ އާއި، ހއ. އިހަވަންދޫގެ އިތުރުން ށ. ކޮމަންޑޫގައި. އެ ރަށްތަކުގައި ހެދުމަށް ނިންމާފައިވަނީ 50 ޓަނުގެ އައިސް ޕްލާންޓްތަކެއް. މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް ބިޑިން އުސޫލުން.
783 ދުވަސް ކުރިން - 14:30
ޝަމީމަށް ޙަމަލާ ދީފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގޭގެ ދޮރުމަތިން. އެ ޙަމަލާއާ ގުޅިގެން 7 މީހަކު ހައްޔަރުކޮށް ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާއިރު ފުލުހުން މިއަދު ބުނެފައިވަނީ މައްސަލައާ ގުޅިގެން ހަތްޔަރުކުރި 7 މީހުންގެ މައްސަލައިގެ ތަހުޤީޤު ނިންމާ، ދަޢުވާ ކުރުމަށް މި މަހުގެ 18 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް.
783 ދުވަސް ކުރިން - 13:44
ޖިންސީ ގުނަވަން ދައްކައިގެން މީގެ ކުރިންވެސް އޭނާ ވަނީ ހައްޔަރުކޮށްފަ. ކޯޓްގައި އެއްވެސް ވާހަކައެއް އިއްޔެ އޭނާ ނުދައްކާއިރު މުއްދަތު މަޖިލީހުގައި ގާޒީ ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައި
783 ދުވަސް ކުރިން - 13:32
އެންޑީއެމްއޭއިން ބުނީ ރާއްޖޭގެ އުތުރުގެ ސަރަޙައްދަށް ރޭ ކުރި ވިއްސާރައިގެ ސަބަބުން ކުޅުދުއްފުށި ހިމެނޭހެން އުތުރުގެ ހަތަރު ރަށަކަށް އެކި ވަރުގެ ގެއްލުން ވެފައިވާކަމަށް. އެގޮތުން ކުޅުދުއްފުށީގެ 57 ގެއަކަށާއި، ހއ. ހޯރަފުށީގެ ދެ ގެއަކަށާއި އަދި ށ. ނޫމަރާއާއި އެ އަތޮޅު ފީވަށް، މިއިން ކޮންމެ ރަށަކުން ފަސް ގެއަކަށް ފެންވަދެ އެކި ވަރުގެ ގެއްލުން ވަނީ ވެފައި.
783 ދުވަސް ކުރިން - 13:27
މިއީ އިމިގްރޭޝަން ނަމުގައި ހަދައިގެން އުޅޭ ފޭކް ލިސްޓެއް ކަމަށްވާއިރު، އޭގައި 20 ފިހާރައިގެ ނަން ހިމަނާފައިވޭ
783 ދުވަސް ކުރިން - 13:10
މެޓް އޮފީހުން ބުނީ ހުޅަނގު މުސުމުގެ ބާރުގަދަވެ، މިދިޔަ ހަފްތާގައި ރާއްޖެއަށް ކުރި ގަދަ ވިއްސާރައަށްފަހު މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށް. މެޓް އޮފިހުން ބުނީ ރާއްޖެ ސަރަޙައްދަށް މޫސުން ރަނގަޅުވަމުން އަންނަ ނަމަވެސް ކޮންމެވެސް މިންވަރަކަށް ކެރީގެ އަސަރު ފޯރުމަކީ އެކަށީގެންވާ ކަމެއް ކަަމަށް.
784 ދުވަސް ކުރިން - 11:40
އިސްރާއީލަށް ހަތިޔާރު ވިއްކުމަކީ އިސްރާއީލުން ހިނގަމުންދާ ލާއިންސާނީ އަމަލުތަކާއި ފަލަސްތީނުގެ ސަރަހައްދުތައް ގަވާއިދާ ހިލާފަށް ހިފެހެއްޓުމަށް މަގުފަހިވާ ކަމެއް. އިސްރާއީލުން 'ނަސްލު ނައްތާލުމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމުގެ މުއާހަދާ' އާ ހިލާފުވެފައި
784 ދުވަސް ކުރިން - 11:28
ސުޕްރީމް ކޯޓުގެ އިސްތިއުނާފު ކުރިއަށް ދަނިކޮށް ، ކުރިން ހުށަހެޅި މައްސަލަތައް އަލުން ބަލަން ނިންމައިފި
784 ދުވަސް ކުރިން - 10:50
އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ކުރައްވާނީ ޙަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެމްބަރު ޑރ. ހަމްދާން އައްސުލަމީ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ. ޝަހީމް ވިދާޅުވީ މި ހުކުރު ދުވަހު ހުޅުމާލެ ރަޝީދު މިސްކިތުގައިވެސް އިމާމުވެ ހުކުރު ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާ ނޭވީގެ އިމާމް އުސްތާޒް މަޖްދީ އީސާ ކަމަށް.
784 ދުވަސް ކުރިން - 10:10
އާސަންދައިން ބުނީ އެ ކުންފުނިން ވަނީ އީވް ކްލިނިކް ސަސްޕެންޑްކޮށްފައި ކަމަށެވެ. ނަމަވެސް ސަސްޕެންޑްކޮށްފައިވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އާސަންދައިން ހާމަކޮށްފައެއް ނުވޭ. މި އަހަރުވެސް ހަ ތަނެއް ސަސްޕެންޑްކޮށްފައިވާއިރު މިވަގުތު ސަސްޕެންޑް ކޮށްފައި ވަނީ ޔޫރޯ މެޑިކަލް ކެއާ އާއި ސްޓެމް ސެންޓަރާއި އީވް ކްލިނިކް.
784 ދުވަސް ކުރިން - 09:40
މި ބޯޓަކީ އިންޖީން މައްސަލަޖެހިގެން ފަޅުވެރިން ދޫކޮށްލާފައިވާ ބޯޓެކެވެ. ވައި ޖެހެނީ ހުޅަނގާ ހުޅަނގު އުތުރުން ކަމަށް ވާތީ، ބޯޓު ދިވެހި ރާއްޖެއަށް ކައިރި ވާނެކަމަށް ބެލެވޭ ކަމަށް އެމް.އެން.ޑީ.އެފް ކޯސްޓު ގާޑުން ވަނީ ބުނެފަ
784 ދުވަސް ކުރިން - 02:11