ބުޅާ މަސް އަޅާފައި ހުރި ކާނާ ވިއްކި ފިހާރަތަކުގެ ލިސްޓަކީ ފޭކް ލިސްޓެއް ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.
ޝަންއާން މިފަދައިން ވިދާޅުވެފައިވަނީ މިއަދު އިމިގްރޭޝަންގެ ފޭސްބުކް ޕޭޖުގެ ނަން ޖަހައިގެން ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ތައްޔާރުކުރި ތަކެތި ވިއްކި ފިހާރަތައް ކަމަށް ބުނެ ދައުރުވަމުންދާ ލިސްޓާ ގުޅިގެންނެވެ.
'އެކްސް' ގައި ކުރި ޕޯސްޓެއްގައި ޝަމްމާން ވިދާޅުވީ މިއީ އިމިގްރޭޝަން ނަމުގައި ހަދައިގެން އުޅޭ ފޭކް ލިސްޓެއް ކަމަށާއި އާއްމު މަސްލަހަތާއި ގުޅުން ހުރި ކަންކަމުގައި މަޢުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށެވެ. އަދި މިކަހަލަ ހަބަރުތައް ސޯޝަލް މީޑިޔާގައި ޝެޔާރ ކުރާއިރުވެސް މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް ޝަމްއާން އިލްތިމާސްކުރިއެވެ.
މިއަދު ދައުރުކުރަމުންދާ ލިސްޓުގައި 20 ފިހާރައިގެ ނަން ހިމަނާފައި އޮތެވެ.
އިއްޔެ ވަނީ ބުޅާ ބޭނުންކޮށްގެން ކާއެއްޗެހި ހެދި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ އަރަފާތު ހޮސައިން (32އ) ހައްޔަރުކޮށްފައެވެ.
އޭނާ މިހާރު ހުރީ އިމިގްރޭޝަންގެ ބެލުމުގެދަށުގައެވެ.









