އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ކުރައްވާނީ ޙަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެމްބަރު ޑރ. ހަމްދާން އައްސުލަމީ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ވިދާޅުވީ ހަމްދާން ހުތުބާ ދެއްވާނީ ޢަރަބި ބަހުން ނަމަވެސް ހުތުބާގެ ލައިވް ދިވެހި ތަރުޖަމާ ޓީވީތަކުން ގެނެސްދޭނެ ކަމަށެވެ.
ޝަހީމް ވިދާޅުވީ މި ހުކުރު ދުވަހު ހުޅުމާލެ ރަޝީދު މިސްކިތުގައިވެސް އިމާމުވެ ހުކުރު ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާ ނޭވީގެ އިމާމް އުސްތާޒް މަޖްދީ އީސާ ކަމަށެވެ. އޭނާ ހުތުބާ ދިނުމަށް ހަމަޖެހިފައިވަނީ އިނގިރޭސި ބަހުން ކަމަށް ޝަހީމް ވިދާޅުވިއެވެ.
އިސްލާމީ މަރުކަޒުގައި އެންމެ ފުރަތަމަ ޢަރަަބި ބަހުން ހުތުބާއެއް ދެއްވާފައިވަނީ އެ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި މިޞްރުގެ ޝައިހުލްއަޒްހަރު ފަޟީހަތުއްޝައިޚު ޖާދަލްޙައްޤު އަލީ ޖާދަލްޙައްޤުއެވެ.



