ތަޙުޒީބީ މުޖުތަމަޢުއެއް ބިނާ ކުރެވޭނީ އެންމެންގެ ހައްޤުތައް ދީގެން ކަމަށާއި، ތަޢުލީމީ ގިނަ އަންހެން ބޭފުޅުންތަކެއް މޫނު ބުރުގާ އަޅުއްވާކަމަށް ވަޒީރު ވިދާޅުވި.
781 ދުވަސް ކުރިން - 23:46
މި ނިންމުން ނިންމާފައިވަނީ، ދިވެހި ރައްޔިތުންނަށް ޚުޠުބާގެ މުހިންމު މެސެޖު ފަސޭހަކަމާއެކު އަދި ފުރިހަމައަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި.
781 ދުވަސް ކުރިން - 23:42
މި އެކްސިޑެންޓު ހިނގާފައިވަނީ ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓް ކައިރިން މިއަދުގެ ވަގުތެއްގަ. މި އެކްސިޑެންޓުގައި 2 ސައިކަލެއް ޖެހި 21، 19 އަދި 43 އަހަރުގެ މީހަކަށް ވަނީ އަނިޔާ ވެފަ. މި މީހުންނަށް މިހާރު ފަރުވާ ދެމުން އަންނައިރު ފުލުހުން އަންނަނީ މިކަން ތަހުގީގު ކުރަމުން.
781 ދުވަސް ކުރިން - 23:40
މައްސަލައިގައި ހިމެނޭ މީހުންނަށް ކޮށްފައިވާ ދައުވާ ތަކަކީ އޮފިޝަލް ކެޕޭސިޓީ ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިންގެ އިތުރުން ނުހައްގު މުއްސަނދިކަން ހޯދާ ލިބިގަތުމުގެ ދައުވާ. މި މައްސަލައިގައި ޝާމިލްވާ ކަމަށް ޝައްކުކުރެވޭ އިތުރު ފަރާތްތަކަށް ދައުވާ ކުރާނީ މިހާރު ކުރިއަށްދާ ދައުވާ ނިމުމުން ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ.
781 ދުވަސް ކުރިން - 23:07
އެމްއެންޔޫގެ ނަމުގައި ދައުރުކުރަމުން އަންނަ ސްކޭމް ޕޯސްޓުގައި ވަނީ އޮންލައިންކޮށް ހިލޭ ޑިގްރީ ކޯސްތައް ހިންގާ ކަމަށާއި، މި ކޯސްތަކުގައި އުމުރުފުރާގެ ގޮތުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނަށާއި، 35 އަހަރާއި 45 އަހަރާއި ދެމެދުގެ މީހުން އިތުރުން 55 އަހަރުގެ މީހުންނަށް ކޯހުގައި ބައިވެރިވެވޭނެ ކަމަށް.
781 ދުވަސް ކުރިން - 18:10
މި އިދާރާ ހިންގަމުންދާނީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން. ރައީސް އޮފީހުން މިކަން ޢިއުލާނުކުރައްވާފައިވަނީ އެ އޮފީހުން މިއަދު ނެރުއްވި 2024/17 ނަންބަރު ދެންނެވުމުގައި.
781 ދުވަސް ކުރިން - 17:56
ފުރަތަމައީ ރައީސް ހުށަހަޅުއްވާ ނަންފުޅު މަޖިލީހަށް އިއްވުމަށް ބާއްވާ ޖަލްސާ ކަމަށްވާއިރު ދެވަނަ ޖަލްސާގައި އޮންނާނީ ކޮމިޓީން ނިންމާ ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅާ އަދި އެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކުރުމަށް ބާއްވާ ޖަލްސާ
781 ދުވަސް ކުރިން - 15:12
މަލާއިކަތުންނަކީ ވަކި ޖިންސެއްގެ މަޚްލޫޤުން ކަމުގައި ނުވިޔަސް، اللَّه ގެ އިޛުނަފުޅަށް އިންސާނުންގެ ސިފައިގައި މަލާއިކަތުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި. މުއުމިނުން ވާންޖެހޭނީ، ސިއްރާއި ފައުޅުގައި ކުރާ ޢަމަލުތައް ލިޔުއްވުމަށް ޓަކައި، ކޮންމެ މީހަކާއެކު މަލާއިކަތުން ލައްވައިފައިވާކަން ދަނެ، ޢަމަލުތައް ސީދާކޮށް اللَّه تَعَالَىއަށް ތަޤްވާވެރިވާ ބަޔަކަށް ކަމަށް ޚުތުބާގައި ބުނި.
781 ދުވަސް ކުރިން - 13:10
މި ދައުރުގައި 33 ޖަލްސާ ބޭއްވިއިރު ކޮމެޓީގެ 233 ބައްދަލުވުން ވަނީ ބާއްވާފަ
782 ދުވަސް ކުރިން - 01:26
މި ދުނިޔޭގައި އެއްވެސް ސަބަބަކާ ހުރެ ޖަވާބުދާރީވުމުން ރެކިގަންނަ މީހުންނަށް، އާޚިރަތުގައި ސަލާމަތްވާނެ މަގެއް ނުފެންނާނެއެވެ. އެ ދުވަހަކީ ހެޔޮ ޢަމަލުތައް ފިޔަވައި އެހެން އެއްވެސް ވަސީލަތަކުން އިންސާނުންނަށް ސަލާމަތްކަން ލިބެން ނެތް ދުވަހެއް، އެހެންކަމުން، މި ދުނިޔޭގައި ވަގުތު އޮއްވައި ހެޔޮ ޢަމަލުތަކަށް އަވަސްވެގަތުމަކީ ކޮންމެ މީހަކުވެސް ވިސްނާލަން މުހިންމުކަމެއް
782 ދުވަސް ކުރިން - 01:17
ހަނިމާދޫ އެއާޕޯޓް ދެން ހުޅުވޭނީ މާދަމާ. ހުރިހާ ފުލައިޓެއް މާދަމާ 6:00 އާއި ހަމަޔަށް އޮޕަރޭޓް ކުރާނީ ކުޅުދުއްފުށި ސިޓީން
782 ދުވަސް ކުރިން - 23:21
ޝަމީމު މަގާމުން ވަކިކުރަން ފެންނަކަމަށް 65 މެމްބަރުން ވޯޓުދެއްވި. ނުފެންނަކަމަށް ވޯޓުދެއްވީ 9 މެމްބަރުން. އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަޖިލީހުގައި ބުރާސްފަތި ދުވަހުގެރޭ ޖަލްސާ ކުރިޔަށް ދަނިކޮށް ޝަމީމު ވަނީ އިސްތިއުފާ ދެއްވިކަމަށް ވެސް ވިދާޅުވެފަ.
782 ދުވަސް ކުރިން - 21:52