ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުން މިރެއިން ފެށިގެން ޗުއްޓީ ނަގައިފިއެވެ.
މި ދައުރުގެ ޗުއްޓީ މިރޭ ނެގިއިރު މަޖިލީހުގައި ކުރަންޖެހޭ މަސައްކަތުގެ 82.9 އިންސައްތަ މަސައްކަތް ވަނީ ނިންމާފައި ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވިއެވެ.
ދިއްގަރު ދާއިރާގެ މެމްބަރު ވިދާޅުވީ މިދައުރުގައި 33 ޖަލްސާއެއް ބޭއްވިއިރު ޖަލްސާ ތަކުގައި 75 ގަޑިއިރު ހޭދަވިއެވެ. މީގެ އިތުރުން ކޮމެޓީ ތަކުގެ 233 ބައްދަލުވުމެއް ބޭއްވިއިރު އެއީ 190 ގަޑިއާއި 29 މިނެޓެވެ.
މަޖިލީސް ދެން ހުޅުވާނީ އޮކްޓޯބަރު މަހުގެ މުލަ ދުވަހުއެވެ.



