މޫނު ބުރުގާ އަޅާ ބޭކަބަލުންނަށް ވަޒީފާ ނުދިނުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށާއި މޫނު ބުރުގާ އެޅުމަކީ ވަޒީފާއިން މަޙްރޫމްވާން ޖެހޭނެ ކަމެއް ނޫން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ޝަހީމް މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ ތަޙުޒީބީ މުޖުތަމަޢުއެއް ބިނާ ކުރެވޭނީ އެންމެންގެ ހައްޤުތައް ދީގެން ކަމަށާއި، ތަޢުލީމީ ގިނަ އަންހެން ބޭފުޅުންތަކެއް މޫނު ބުރުގާ އަޅުއްވާ ކަމަށެވެ. އަދި މިފަދަ ބޭކަނބަލުންނަށް ވަޒީފާގެ ފުރުސަތު ނުދިނުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
" މޫނު ބުރުގާ އަޅާ ފަރާތްތަކުގެ ވަޒީފާގެ ޙައްޤު ސިވިލް ސާވިސް ކޮމިޝަނުން ކަށަވަރުކޮށްދޭންޖެހޭ. މިއީ އަސާސީ ހައްޤެއް. އަޅުގަނޑުމެން މި ދަނީ މި މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރަމުން" ވަޒީރު ވިދާޅުވިއެވެ.


