މިއަދު އިސްލާމީ މަރުކަޒުގައި އަރަބި ބަހުން ކިޔުނު ޚުޠުބާ، އަންނަ ހުކުރުގައި، މުޅި ރާއްޖޭގައި ދިވެހި ބަހުން ކިޔަން ނިންމައިފިއެވެ. މި ނިންމުން އިޢުލާންކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މިއަދުގެ ޚުޠުބާގެ މައުޟޫއަކީ "ދީނަށް ޓަކައި ޚިދުމަތްކުރުން" އެވެ. ޚުޠުބާ ދެއްވީ ސައޫދީ އަރަބިއްޔާގެ މައްކާގެ ޙަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޕްރޮފެސަރ ޑރ. ޙަމްދާން އައްސުލަމީއެވެ. އޭނާ ޚުޠުބާ ދެއްވާފައިވަނީ އަރަބި ބަހުންނެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މި ނިންމުން ނިންމާފައިވަނީ، ދިވެހިންނަށް ޚުޠުބާގެ މެސެޖު ފަސޭހައިން ވާޞިލުކުރުމަށް ކަމަށް ކަން އެ ވުޒާރާއިން ވަނީ ވިދާޅުވެފައިއެވެ.


