ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ހަނިމާދޫ އިންޓަނރނޭޝަނަލް އެއާޕޯޓް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
އެއާޕޯޓުގައި ދިމާވީ ކޮންކަހަލަ ޓެކްނިކަލް މައްސަލައެއް ކަމެއް ނޭޏގޭއިރު، މާދަމާ ހެނދުނު ހައެއް ޖެހުމާއި ހަމަޔަށް އެ އެއާޕޯޓަށް އެއްވެސް ފުލައިޓެއް ނުޖައްސާނެއެވެ.
މިރޭ އޮތް އިންޑިއާގެ ޓުރިވެންޑުރަމް ފުލައިޓުވެސް މިކަމާއި ގުޅިގެން ވަނީ ޑިލޭ ކޮށްފައެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ ޓުރިވެންޑުރަމް ފުލައިޓް މާދަމާގެ ވަގުތަކަށް ޝެޑިއުލް ކުރާނެ ކަމަށާ އަދި މިރޭގެ ހުރިހާ ދަތުރުތަކެއް އޮޕަރޭޓް ކުރާނީ ކުޅުދުއްފުށި ސިޓީގެ އެއާޕޯޓުންނެވެ.



