Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުސައިން ޝަމީމް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުން ވަކިކޮށްފި

ހުސައިން ޝަމީމް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުން ވަކިކޮށްފި

ހުސައިން އިސްމާއިލް
702 ދުވަސް ކުރިން - 22 އޯގަސްޓް 2024 21:52
ހުސައިން ޝަމީމް
ހުސައިން ޝަމީމް
ޚުލާސާ

ޝަމީމު މަގާމުން ވަކިކުރަން ފެންނަކަމަށް 65 މެމްބަރުން ވޯޓުދެއްވި. ނުފެންނަކަމަށް ވޯޓުދެއްވީ 9 މެމްބަރުން. އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަޖިލީހުގައި ބުރާސްފަތި ދުވަހުގެރޭ ޖަލްސާ ކުރިޔަށް ދަނިކޮށް ޝަމީމު ވަނީ އިސްތިއުފާ ދެއްވިކަމަށް ވެސް ވިދާޅުވެފަ.

ބުރާސްފަތި ދުވަހުގެރޭ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ޙުސައިން ޝަމީމް ވަކިކޮށްފިއެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުން ޝަމީމް ވަކިކުރެއްވީ މިކަމަށްޓަކައި ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ޖަލްސާގައެވެ.

ޝަމީމް މަޤާމުން ވަކިކޮށްފައިވަނީ މިކަމަށްޓަކައި ބޭއްވި ޖަލްސާގައި މެންބަރުންގެ މެދުގައި ބަހުސް ކުރުމަށްފަހުއެވެ. ޝަމީމު މަގާމުން ވަކިކުރުމަށް ފެންނަކަމަށް 65 މެމްބަރުން ވޯޓުދެއްވިއެވެ. ވަކިކުރަން ނުފެންނަކަމަށް ވޯޓުދެއްވީ 9 މެމްބަރުންނެވެ.

އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ޖަލްސާ ކުރިޔަށް ދަނިކޮށް ޕީޖީގެ މަގާމުން އިސްތިއުފާ ދެއްވައިިފި ކަމަށް ވެސް ޝަމީމު ވިދާޅުވިއެވެ.

Advertisement

Advertisement 1

"އަޅުގަނޑުގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަން އާންމުކޮށް އިއުލާނު ކުރައްވާފައި، އެ ކަންކަމަށް އަޅުގަނޑު ދޭން އޮތް ޖަވާބު، އާންމުންނަށް ނުއިވޭގޮތަށް ސިއްރުކުރުމަކީ، އަދުލް އިންސާފުގެ ހަމަތަކާއި ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާވެސް ހިލާފު ކަމަކަށްވާތީ، މިކަންކަމާ އިހުތިޖާޖުކުރުމުގެ ގޮތުން، ގާނޫނުއަސާސީގެ 226 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޕްރޮސިކިއުޓާ ޖެނެރަލްގެ މަޤާމުން އަޅުގަނޑު އިސްތިއުފާ ދީފިން،"

ޝަމީމް މަގާމުން ވަކި ކުރުމަށް ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު ޝާހިދު ހުށަހެޅި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވީ މިއަދު އެވެ. އޭނާ މަގާމުން ވަކިކުރަން މައްސަލަ މިރޭ ކުރިއަށް ގެންދިޔައީ މަޖިލިސް ދައުރު ނިމުމުގެ ކުރިން އެކަން ނިންމުމަށެވެ.

ޕީޖީއަށް ތުހުމަތު ކޮށްފައިވާ މައްސަލަތައް:- 

  • ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުން. މަގާމުގައި ދެމި ހުރުމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން.
  • ސަފާރީ ރޭޕް ކޭސްގެ މައްސަލާގައި އެމްޑީޕީ އާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތީ އިސްތިއުނާފް ނުކުރުން.
  • ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިޔުން.
  • ބަނގުރާ އާ ގުޅޭ 77 މައްސަލައެއް އަނބުރާ ގެންދިޔުން.
  • އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ 13 މައްސަލައެއް އަނބުރާ ގެންދިޔުން.
  • ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމުން.
  • ޕީޖީ އޮފީހުގެ މުއައްޒަފުންނާ މެދުގައި ތަފާތު ކުރުންތައް ގެންގުޅުން.

ޕީޖީ ކަމުން ޝަމީމް ވަކިކުރަން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައި މިވަނީ އޭނާ ވަކިކުރަން ޖެހޭ ކަމަށް ބުނެ މަޖިލީހުގެ ތަޅުމުގައި ސަރުކާރަށް ތާއީދުކުރާ އެތައް މެންބަރުންނެއް ވާހަކަ ދެއްކި ފަހުންނެވެ.

އިސްތިއުފާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އޮފީހުން ގޮތްނޭނގޭ އެއްޗެއް ފެނިގެން ނަތަންޔާހޫ ބިރުން "ފިލައިފި"

ނަތަންޔާހޫ ބިރުން "ފިލައިފި"

159 ދުވަސް ކުރިން - 13:03

މިއަދުގެ ރެއިޑާއި ގުޅިގެން ޒެލެންސްކީގެ ރައިޓް ހޭންޑް އިސްތިއުފާދީފި

ޒެލެންސްކީގެ ރައިޓް ހޭންޑް އިސްތިއުފާދީފި

239 ދުވަސް ކުރިން - 22:19

ރަނގަޅަށް އޮފީސް ވެސް ނުފެންނަނީސް ފަރަންސޭސި ބޮޑުވަޒީރު އިސްތިއުފާދެއްވައިފި

ރަނގަޅަށް އޮފީސްވެސް ނުފެންނަނީސް ފަރަންސޭސި ބޮޑުވަޒީރު އިސްތިއުފާދެއްވައިފި

291 ދުވަސް ކުރިން - 10:55

ވަކިކުރަން ހުށަހަޅާފައިވާ އިމާދު އެމްއެމްއޭއިން އިސްތިއުފާ ދެއްވައިފި

ވަކިކުރަން ހުށަހަޅާފައިވާ އިމާދު އެމްއެމްއޭއިން އިސްތިއުފާ ދެއްވައިފި

495 ދުވަސް ކުރިން - 10:28

ސީއެސްސީން އިބްރާހީމް ރަޝީދު އިސްތިއުފާދެއްވީ މަޤާމުން ވަކިކުރަން އުޅޭތީ!

އިބްރާހީމް ރަޝީދު އިސްތިއުފާދެއްވީ މަޤާމުން ވަކިކުރަން އުޅޭތީ!

501 ދުވަސް ކުރިން - 17:01

ސުޢޫދު ޤާނޫނާއި ޚިލާފު ވެފައި ވާތީވެ، ކުރީގެ ޕީޖީ މުހުތާޒު ފާޑު ވިދާޅުވެއްޖެ

ކުރީގެ ޕީޖ މުހުތާޒުގެ ފާޑުކިޔުން ހުސްނުއް ސޫޢޫދަށް

505 ދުވަސް ކުރިން - 11:55