އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ގޮތްނޭނގޭ ސިޓީއުރައެއް ފެނިގެން އޭނާ "ފިލައިފި"އެވެ.
މިހާރު ބޮން ނައްތާލާ ޓީމުތަކާއި ސަލާމަތީ ބާރުތަކުން ވަނީ އެ ސަރަހައްދު ބަންދު ކޮށްފައެވެ. މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވާއިރު ނަތަންޔާހޫ އުޅުނީ އޮފީހަށް ވަންނަން ބިރުންނެވެ.
ނަމަވެސް އިންސްޕެކްޝަނަށް ފަހު، އެއްވެސް ނުރައްކަލެއް ނެތްކަން ވަނީ ކަށަވަރުކޮށްދީފައި ކަމަށް ކަމާބެހޭ ފަރާތްތަކާއިި ޙަވާލާދީ ހިބްރޫ މީޑިއާ އިން ބުނެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި މިހާރު ދަނީ ސަވައިލެންސް ފޫޓޭޖްތައް ރިވިއުކޮށް މުވައްޒަފުންނާއި އިންޓަވިއުކޮށް ސިޓީއުރަ އައީ ކިހިނެއްތޯއާއި ކޮންތަނަކުންތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ.










