ރައީސް ވަނީ ޤައުމީ ސިޔާދަތާއި އިސްލާމްދީނާއި އައިޑެންޓިޓީއަށް އެއްވެސް ގެއްލުމެއް ނުލިބި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާފައި.
730 ދުވަސް ކުރިން - 14:22
ރައީސްގެ މި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް. މި ދަތުރުފުޅުގައި ކުރަމުންދާ އެއްވެސް މަސައްކަތެއްގައި ރައްޔިތުންނަށް ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ޚަލީލު ވިދާޅުވި
730 ދުވަސް ކުރިން - 14:17
ވުޒާރާއިން ބުނީ މިގޮތަށް އުސޫލަށް ބަދަލުގެނެސްފައިވަނީ އުމްރާއަކީ އަހަރުގެ ވަކި ދުވަސްވަރެއްގައި ކުރަންޖެހޭ އަޅުކަމަކަށް ނުވާތީ އާއި އަހަރުގެ އެކި ހިސާބުތަކުގައި އުމްރާގެ ދަތުރުކުރާ މިންވަރު ކުންފުނިތަކުގައި އިތުރުވެފައިވާތީ ކަމަށް.
730 ދުވަސް ކުރިން - 14:12
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއްވެސް ބައިވެރިވެވަޑައިގެންނެވި. މި ދަތުރުފުޅުގައި، ދިވެހި ވަފްދުގެ މެހްމާންދާރީގެ ހުރިހާ ކަންކަންވެސް ހަމަޖައްސަވައިދެއްވާފައިވަނީ އިންޑިއާ ސަރުކާރުގެ ފަރާތުން.
730 ދުވަސް ކުރިން - 13:42
އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތި، އެ އުސޫލާ ޚިލާފަށް އެއްވެސް ފަރާތަކުން ޢަމަލެއް ކޮށްފި ނަމަ، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، 100,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެ.
730 ދުވަސް ކުރިން - 13:17
އިންޑިއާއާއެކު ސޮއިކުރެވުނު ކަރަންސީ ސްވެޕް އެގްރީމެންޓްގެ ދަށުން ރާއްޖެއަށް ގާތްގަނޑަކަށް 700 މިލިއަން ޑޮލަރާ ގާތްކުރާ ޢަދަދެއްގެ ފައިސާ ލިބޭއިރު، މިކަމުގެ ސަބަބުން މިހާރު ހުރި ބައެއް ދަތިތައް ފިލައިގެންދާނެ ކަމަށް ޒަމީރު ވިދާޅުވި.
730 ދުވަސް ކުރިން - 13:03
މިއަދު ފަތިހު 5:40 ގައި މާލެ ސަރަހައްދަށް ގަޑިއަކު 58 މޭލުގެ ބާރުމިނުގައި ވައިޖެހުނު ކަމަށާއި، މާދަމާ ފަތިހުވެސް ވައިގަދަވާނެ ކަމަށް މެޓުން ބުނި.
730 ދުވަސް ކުރިން - 12:58
އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، އެއީ ކޮންމެ އިންސާނަކަށްމެ ލިބިގެންވާ ޙައްޤެއް ކަމަށް ނައިބު ރައީސް ވިދާޅުވި.
730 ދުވަސް ކުރިން - 12:37
މި ބަދަލު ގެނެއުމުގެ މަޤްޞަދަކީ މާލޭގެ މަގުތަކުގައި ދުވާލު ކުނި އުކާލުމާއި މުދާ އުފުލުމުގެ ސަބަބުން ދިމާވާ ތޮއްޖެހުން ލުއިކުރުން ކަމަށް ވުޒާރާއިން ހާމަކުރި.
730 ދުވަސް ކުރިން - 12:34
ސިއްޙީ ދުޅަހެޔޮކަމުގެ ދެބައިކުޅަ އެއްބަޔަކީ ނަފްސާނީ ދުޅަހެޔޮކަން ކަމަށާއި އުފެއްދުންތެރިކަމަށް ނަފްސާނީ ޤާބިލުކަން މުހިންމުކަމަށް ރައީސް ފާހަގަކުރެއްވި.
730 ދުވަސް ކުރިން - 12:29
ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިންނަށް ރާއްޖޭގައި ޤާއިމުވެތިބުމުގެ ފުރުސަތު ދެން ނުދެއްވާނެ ކަމަށް ދިފާޢީ ވަޒީރު ޣައްސާން ވިދާޅުވި.
730 ދުވަސް ކުރިން - 12:25
އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޫވިޖިލަންޓް އަސްކަރިއްޔާއަށް ދެއްވި ތަގުރީރުގައި ވިދާޅުވީ އިސްރާއީލުން ދޭނީ ބަޔާންކުރަން އުނދަގޫ ނުރައްކާތެރި ހަމަލާއެއް ކަމަށް.
730 ދުވަސް ކުރިން - 12:14