ޤައުމީ ތަފާސްހިސާބުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވަނީ ތަފާސްހިސާބުގެ ބޭނުން އިތުރުކޮށް، ޒަމާނީ ފަންނިއްޔާތުގެ އެހީގައި ތަރައްޤީއަށް ކުރިމަތިވާ ގޮންޖެހުންތަކަށް އީޖާދީ ހައްލުތަކެއް ހޯދަންޖެހޭ ކަމަށް.
716 ދުވަސް ކުރިން - 16:06
ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ކުދި ޤައުމުތަކަށް އިންވެސްޓްމެންޓް ގެނައުމަށް ބައިނަލްއަޤުވާމީ އަމިއްލަ ވިޔަފާރިތަކުގެ ދައުރު މުހިންމުކަމަށް ވިދާޅުވި.
716 ދުވަސް ކުރިން - 15:57
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ސަމޯއާއަށް ކުރައްވާ ދަތުރުފުޅުގައި އެޤައުމުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި، ކުދި ޖަޒީރާ ޤައުމުތަކުގެ ގޮންޖެހުންތަކަށް އެކުގައި މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގެންފި.
716 ދުވަސް ކުރިން - 15:52
ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މަސައްކަތް ކުރިއަށް ނުދާ 22 ރަށެއްގެ އެއްބަސްވުން ބާޠިލްކުރުމަށާއި، ފަތުރުވެރިކަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ނިންމައިފި.
716 ދުވަސް ކުރިން - 15:38
އެޓޮމިކް ހަކަތައާބެހޭ ބައިނަލްއަޤްވާމީ އިދާރާ، އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި. މި ނިންމުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 61 މެންބަރުންގެ އިއްތިފާޤުން.
716 ދުވަސް ކުރިން - 15:34
ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ވަނީ މޫސުމީ ބަދަލުތަކުގެ އަސަރު ބޮޑަށް ކުރާ ޤައުމުތަކަށް މާލީ އެހީ ދިނުމަށް އޮތް އޮނިގަނޑު އިޞްލާޙުކުރަން ޖެހޭކަމަށް ވިދާޅުވެފަ.
716 ދުވަސް ކުރިން - 15:28
ފާއިތުވީ 11 މަސްތެރޭ ގިނަ ޢަދަދަކަށް މަސްތުވާ ތަކެތި އަތުލައިގަތްއިރު، މިހާރު އަތުލައިގަނެވޭ މިންވަރު މަދުވުމަކީ އެތެރެވާ ޢަދަދު މަދުވުން ނޫން ކަމަށް ބެލެވޭ.
716 ދުވަސް ކުރިން - 10:53
އިއްޔެ ރޭ 11:14 ހާއިރު ޖޭޒް ކެފޭއާ ޖެހިގެން ހުރި ޢިމާރާތަކަށް ހޮޅިދަނޑިއަކުން އަރަނިކޮށް ފުރާޅުން ވެއްޓުނު 35 އަހަރުގެ ފިރިހެނަކަށް މިހާރު ދަނީ އައިޖީއެމްއެޗުގައި ފަރުވާދެމުން.
716 ދުވަސް ކުރިން - 10:08
ހަދިޔާކުރެވުނު 8 ބާވަތުގެ 340 ފޮތުގެ ތެރޭގައި ރައީސް މައުމޫން ލިޔުއްވާފައިވާ "އުޞޫލުލްފިޤްޙް" ހިމެނޭ. އެމަނިކުފާނު ލިޔުއްވި މި ފޮތަކީ ޔުނިވަރސިޓީގައި ރަސްމީކޮށް ބޭނުންކުރާ ޓެކްސްޓް ފޮތެއް.
716 ދުވަސް ކުރިން - 10:01
ނޮވެމްބަރު މަހުގެ 17 އިން މިމަހު 20 އަށް ޕޮލިހުން ގުޅިގެން ހިންގި އެންޓި ނާކޮޓިކްސް އޮޕަރޭޝަންތަކުގައި 328 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު، މި ވިޔަފާރި ހުއްޓުވުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުން.
716 ދުވަސް ކުރިން - 09:29
ނައިބު ރައީސް އަހްމަދު ނާޒިމް، ފުރާވަޑައިގަތީ ޗައިނާގެ ކިންގްޑައޯ ސިޓީގައި މި މަހުގެ 24 އަދި 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އަހަރުގެ ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް.
716 ދުވަސް ކުރިން - 09:28
ރާއްޖެއަށް އެތެރެވުމަށްޓަކައި ކައުންޓަރފީޓް ނުވަތަ ފޯޖް ޕާސްޕޯޓް ބޭނުންކޮށްގެން އެތެރެވުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުންދާކަމަށާއި، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 5000 މީހުން ފޮނުވާލަން މިއަހަރު އަމާޒު ހިފާފައިވާކަމަށް ޝަމްޢާން ވިދާޅުވި.
716 ދުވަސް ކުރިން - 09:11