Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ކުދި ޤައުމުތަކަށް އިންވެސްޓްމެންޓް ގެނައުމަށް އަމިއްލަ ވިޔަފާރިތަކުގެ ދައުރު މުހިންމު: ޚާރިޖީ ވަޒީރު

އާނާ ފަހީމް
725 ދުވަސް ކުރިން - 23 އޮކްޓޫބަރު 2024 15:57
ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ބައްދަލުވުމުގައި  ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ؛ ޕީއެސްއެމް
ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ؛ ޕީއެސްއެމް
ޚުލާސާ

ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ކުދި ޤައުމުތަކަށް އިންވެސްޓްމެންޓް ގެނައުމަށް ބައިނަލްއަޤުވާމީ އަމިއްލަ ވިޔަފާރިތަކުގެ ދައުރު މުހިންމުކަމަށް ވިދާޅުވި.

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކޮށްލެވޭ އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ކުދި ޤައުމުތަކަށް އިންވެސްޓްމެންޓް ގެނެވޭނެ މަގު ފަހިވާންޖެހޭކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ދިވެހި ވަފްދުގެ އެންމެ އިސްވެރިޔެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ ދުނިޔޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށް ބައިނަލްއަޤުވާމީ މައިދާނުގައި ކުދި ޤައުމުތަކުގެ ޚިޔާލާއި މަޝްވަރާ މުހިންމުކަމަށެވެ. އަދި ކުދި ޤައުމުތަކުގެ ޝާމިލުވުން އިތުރުކުރަންޖެހޭކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

"ކުދި ޤައުމުތައް ކުރިއަރާ ދިޔުމުގައި، އެ ޤައުމުތަކަށް ފަސޭހައިން މާލީ އެހީތެރިކަން ލިބުން މުހިންމު. ބައިނަލްއަޤުވާމީ ގޮތުން ފާހަގަކޮށްލެވޭ އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ކުދި ޤައުމުތަކަށް އިންވެސްޓްމެންޓް ގެނެވޭނެ މަގު ފަހިވާންޖެހޭ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ރާއްޖެއިންވެސް އާޓިފިޝަލް އިންޓެލެޖެންސްއާއި ފަންނިއްޔާތުގެ ދާއިރާ ފަދަ އައު ދާއިރާތަކަށް އިންވެސްޓްކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ކުދި ޤައުމުތަކުގެ ތަރައްޤީއަށް ބޭނުންވާ އިންވެސްޓްމެންޓްތައް ގެނައުމަށް ބައިނަލްއަޤުވާމީ އަމިއްލަ ވިޔަފާރިތަކުގެ ދައުރު މުހިންމުކަން ފާހަގަކުރެވުނެވެ.

ކޮމަންވެލްތު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ގޮންޖެހުންތަކުން އަރައިގަތުމަށް ކޮމަންވެލްތުގެ އެއްބާރުލުން އިތުރުކުރަންޖެހޭ: ރައީސް

ގޮންޖެހުންތަކުން އަރައިގަތުމަށް ކޮމަންވެލްތުގެ އެއްބާރުލުން އިތުރުކުރަންޖެހޭ: ރައީސް

223 ދުވަސް ކުރިން - 11:04

ކޮމަންވެލްތް ކޮންފަރެންސަށް މަޖިލީހުގެ ރައީސް އިންޑިއާ އަށް!

ކޮމަންވެލްތް ކޮންފަރެންސަށް މަޖިލީހުގެ ރައީސް އިންޑިއާ އަށް!

278 ދުވަސް ކުރިން - 16:44

ކޮމަންވެލްތުގެ އެސްޖީ އާއި ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

ކޮމަންވެލްތުގެ އެސްޖީ އާއި ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

457 ދުވަސް ކުރިން - 21:30

ރާއްޖެއިން ކޮމަންވެލްތުގެ ދެމެހެއްޓެނިވި ހަކަތައިގެ ފޯރަމްގައި ބައިވެރިވެއްޖެ

ރާއްޖެއިން ކޮމަންވެލްތުގެ ދެމެހެއްޓެނިވި ހަކަތައިގެ ފޯރަމްގައި ބައިވެރިވެއްޖެ

511 ދުވަސް ކުރިން - 21:30

ކޮމަންވެލްތުގެ އިސްވެރިންނާއެކު ނައިބުރައީސް

ކޮމަންވެލްތުގެ އިސްވެރިންނާއެކު ނައިބުރައީސް

724 ދުވަސް ކުރިން - 13:23

ނައިބު ރައީސް މިއަދު ސަމޯއާއަށް ވަޑައިގެންފި

ނައިބު ރައީސް މިއަދު ސަމޯއާއަށް ވަޑައިގެންފި

727 ދުވަސް ކުރިން - 10:08