ކޮމަންވެލްތުގެ އެސްޖީ އާއި ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

އަހްމަދު އީޒާން | 18 ގަޑިއިރު ކުރިން - 18 ޖުލައި 2025 21:30
ކޮމަންވެލްތުގެ އެސްޖީ އާއި ރައީސް މުއިއްޒު ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ކޮމަންވެލްތުގެ އެސްޖީ އާއި ރައީސް މުއިއްޒު ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ކޮމަންވެލްތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ދެ ފަރާތުން އިސްކަންދޭ ދާއިރާތަކުން ކުރިއަށް ދިއުމަށް ދެ ބޭފުޅުން މަޝްވަރާކުރެއްވި.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކާ ބޮޗްވޭއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ކޮމަންވެލުގެ އެސްޖީ އާއި ރައީސް ޑރ. މުއިއްޒު ބައްދަލުކުރެއްވީ މަތީ ފެންވަރުގެ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު މިހާރު އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގަ އެވެ.

ރައީސް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައީސް ޑރ. މުއިއްޒާއި ކޮމަންވެލުގެ އެސްޖީ މިއަދު ބައްދަލުކުރައްވައި، ކޮމަންވެލްތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ދެ ފަރާތުން އިސްކަންދޭ ދާއިރާތަކުން ކުރިއަށް ދިއުމަށް މަޝްވަރާކުރެއްވި ކަމަށެވެ.

އޭގެ ތެރޭގައި ޑިމޮކްރަސީ އާއި ހެޔޮވެރިކަން، ވިޔަފާރި އާއި ވުނަކުރުން އަދި މަސްވެރިކަމާއި ޓޫރިޒަމްގެ ދެމެހެއްޓެނިވި ތަރައްގީ އާއި ގުޅުންހުރި އެހެން ދާއިރާތައް ހިމެނެ އެވެ.

ރައީސް ޑރ. މުއިއްޒު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގެ ތެރެއިން ވަނީ އިނގިރޭސި ރަސްގެފާނު ޗާލްސްއާ ވެސް ޝާހީ ގަނޑުވަރު ވިންޑްސޯ ކާސަލްގައި އިއްޔެ ބައްދަލުކުރައްވައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%