ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް ދިވެހިންނަށް ބޭނުންވާ މިންވަރަށް ދިވެހި ދަނޑުތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއް ކަމަށް ޟިޔާއު ވިދާޅުވި.
715 ދުވަސް ކުރިން - 22:24
ބަނގުރާ ދޫކުރާ ސަފާރީތަކުން ޢަމަލުކުރަނީ ޤަވާޢިދާ އެއްގޮތަށްތޯ ބަލަމުން އަންނަ ކަމަށާއި މިގޮތުން ކަސްޓަމްސްއިން ސަފާރީތަކަށް އަރައި ބަލައި ފާސްކުރަމުން އަންނަކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، ދިޔާނާ ވިދާޅުވި.
715 ދުވަސް ކުރިން - 21:35
ހޮސްޕިޓަލުން އެއްވެސް ބިދޭސީއަކު ޓީބީ ބައްޔަށް ފައްސިވެ، ފަރުވާކުރަމުން ނުގެންދާ ކަމުގެ ޔަޤީންކަން އަރުވާކަމަށް ފުވައްމުލަކު ސިޓީ ހޮސްޕިޓަލުން ހާމަކުރި.
715 ދުވަސް ކުރިން - 21:27
ޚަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10% އުނިކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި. މި ފިޔަވަޅު އަޅުއްވަނީ 2 އަހަރު ދުވަހުގެ މުއްދަތަށް.
715 ދުވަސް ކުރިން - 20:22
ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޝަރުޢީ ދާއިރާގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް ރައީސް ޑރ. މުޢިއްޒު ނިންމަވައިފި.
715 ދުވަސް ކުރިން - 20:10
މާލޭގެ ބޮޑުތަކުރުފާނު މަގަށް ވެއްޓުނު ކުލަ ފާޓާތަކުގެ ސަބަބުން މަގުމައްޗަށް އެޅުނު ކުލަ ސާފުކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވެއްޖެ.
715 ދުވަސް ކުރިން - 20:03
ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ބީއެމްއެލްގެ ޑެބިޓް ކާޑު ބޭނުންކޮށްގެން މަހަކު 1,200 އެމެރިކާ ޑޮލަރާ ހަމައަށް ބޭރު ފައިސާއިން މުޢާމަލާތްކުރުމުގެ ފުރުޞަތު ލިބިގެންދާނެ.
715 ދުވަސް ކުރިން - 20:01
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10% އުނިކުރުމަށާއި، ކުންފުނިތަކުގެ ވެރިންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމަށް ރައީސް ނިންމަވައިފި. މި ފިޔަވަޅުތައް އަޅަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގަ.
715 ދުވަސް ކުރިން - 19:42
ދައުލަތުގެ ޚަރަދުތައް ވީހާވެސް ކުޑަކުރެއްވުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހާއްމަދު މުޢިއްޒުގެ އަމިއްލަފުޅު މުސާރައިން ދެބައިކުޅަ އެއްބައި ޤައުމީ ބަޖެޓުން ނުނަންގަވަން ނިންމަވައިފި.
715 ދުވަސް ކުރިން - 19:24
ކުރިއަށް އޮތް އަހަރުތަކުގައި ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މާލެ ޕޮލިހުން ފޯރަމެއް ބާއްވައިފި. މާލެ ޕޮލިހުން "ޕަރފޯމަންސް އެންހޭންސްމަންޓް ފޯރަމެއް
715 ދުވަސް ކުރިން - 16:21
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 1.6 މިލިޔަނަށް އަރައިފި. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 9.5 އިންސައްތައިގެ ކުރިއެރުމެކެވެ. ޗައިނާއަކީ އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމު.
716 ދުވަސް ކުރިން - 16:13
މި ހަބަރު އަދި ނުނިމޭ.ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ޖަހައި ކަސްޓޯޑިއަލް ޖަލުގައި މިހާރު ބަންދުކޮށްފަިއވާއިރު، މީނާ މި ޢަމަލު ހިންގީ ކުޑަކުއްޖެއްގެ ކުރިމަތީގައި ކަމަށް ފުލުހުން ބުނޭ.
716 ދުވަސް ކުރިން - 16:09