މިއަދު މެންދުރުފަހު 12:18 ހާއިރު، މާލޭގެ ބޮޑުތަކުރުފާނު މަގާއި މޫންލައިޓް ހިނގުން ގުޅޭ ހިސާބުގައި ލޮރީއެއްގައި އުފުލަމުންދިޔަ ކުލަ ފާޓާތަކެއް ވެއްޓި، މަގުމައްޗަށް ކުލަ އެޅުމުގެ ހާދިސާއެެއް ހިނގައިފިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދެއްވިގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް އަންނަމުންދިޔަ ޕިކަޕަކުންނެވެ. މަގުމައްޗަށް އެޅުނު ކުލަ ސާފުކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

މި ހާދިސާއާ ގުޅިގެން ދަތުރުވެރިންނަށް ދަތިވެ، އެ ސަރަހައްދުގެ ޓްރެފިކަށް ވަގުތީ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވެއެވެ.