ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިރޭ ހާމަކުރި ގޮތުގައި، ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ޑެބިޓް ކާޑުން މަހަކު ބޭރު ފައިސާއިން މުޢާމަލާތް ކުރެވޭނެ އެންމެ މަތީ އަދަދު 1,200 އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ނިންމައިފިއެވެ.

ބީއެމްއެލްގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ބަދަލު ގެނެވޭނީ 1 ނޮވެމްބަރު 2024 އިން ފެށިގެން ކަމަށެވެ. މި ބަދަލާއެކު، ބޭރުގައި ކިޔަވާ ދަރިވަރުންނަށް އެމީހުން ދިރިއުޅޭ ޤައުމުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން މަހަކު 1,200 އެމެރިކާ ޑޮލަރުގެ މުޢާމަލާތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިއީ ސަރުކާރުގެ މާލީ އިޞްލާޙީ ފިޔަވަޅުތަކުގެ ތެރެއިން ބޭންކުގައި ޑޮލަރު ހިފަހައްޓައި ކިޔަވާ ކުދިންނަށް ކަންކަމުގައި ދަތިވިޔަ ނުދިނުމަށް ސަރުކާރުން ނިންމި ނިންމުމެކެވެ.