މިއަހަރުގެ މިހާތަނަށް 117 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފިއެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 17ވަނަ ދުވަހުން ފެށިގެން މިމަހުގެ 20ވަނަ ދުވަހާއި ހަމަޔަށް ހިންގި އޮޕަރޭޝަންތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި ހެރޮއިން އާއި ކެނަބިސް އަދި ކޮންޓުރޯލް ޑުރަގްސްގެ އިތުރުން ތަފާތު އެހެން ބާވަތްތަކުގެ މަސްތުވާތަކެތި ވެސް ހިމެނެއެވެ.
މީގެތެރޭގައި ހަތަރު ޤައުމެއްގެ މީހުން ވެގެން މެލޭޝިޔާގެ މީހެއް ލައްވައި އެތެރެކުރި 15.38 ކިލޯގްރާމްގެ މަސްތުވާތެކެތި ވެސް ހިމެނެއެވެ. މީގެ އިތުރުން މާލެއާއި އަތޮޅުތަކުގައި ހިންގުނު އޮޕަރޭޝަންތަކުގައި އަތުލައިގަތް ތަކެތި ވެސް ހިމެނެއެވެ.
މިނިސްޓަރު އަލީ އިހުސާން ވަނީ މިދިޔަ 11 މަސް ދުވަހުގެ ތެރޭގައި އަތުލައިގަތް މަސްތުވާތަކެތިން މި މައްސަލައިގެ މިންވަރާއި އާ ގާނޫނީ ފިޔަވަޅުތައް އަވަސް ގޮތެއްގައި އަޅަންޖެހޭކަން ހާމަކޮށްފަ އެވެ.
މިސަރުކާރު އައިފަހުން ފަހަގަކޮށްލެވޭ ކަމަކީ މަސްތުވާތަކެތި އެތެރެކުރާތީވެ އެކަމަށް ޚާއްޞަކޮށް ކުރިޔަށްވުރެ ބޮޑަށް މަސައްކަތްކުރާކަމެވެ.
ކުރީ ސަރުކާރުގައި އޭރުގެ ޕޮލިސް ކޮމިޝަނަރު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހާޟިރުކޮށް ކުރި ސުވާލެއްގައި އޭނާ ވަނީ ފުލުހުންނަށް އތުނުލެވި ދިޔަ ބޮޑު ޝިޕްމެންޓެއް ރާއްޖޭގެ ރަށަކަށް އެތެރެކުރި ކަމަށް ވިދާޅުވެފައެވެ. އަދި އޭގެތެރެއިން ފުލުހުންނަށް އަތުލެވުނީ ވަރަށް މަދު މިންވަރެއްކަމަށް އޭނާ ވިދާޅުވިއެވެ.









