Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެވާން އުޅުނު 51 ބިދޭސީއަކު އަނބުރާ ފޮނުވާލައިފި

ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެވާން އުޅުނު 51 ބިދޭސީއަކު އަނބުރާ ފޮނުވާލައިފި

އައިޝަތު ރުވާ ރިފްޢަތު
637 ދުވަސް ކުރިން - 23 އޮކްޓޫބަރު 2024 09:11
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު
ޚުލާސާ

ރާއްޖެއަށް އެތެރެވުމަށްޓަކައި ކައުންޓަރފީޓް ނުވަތަ ފޯޖް ޕާސްޕޯޓް ބޭނުންކޮށްގެން އެތެރެވުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުންދާކަމަށާއި، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 5000 މީހުން ފޮނުވާލަން މިއަހަރު އަމާޒު ހިފާފައިވާކަމަށް ޝަމްޢާން ވިދާޅުވި.

ރާއްޖޭގެ ބޯޑަރު ހުރަސްކޮށް ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެވާން އުޅުނު 51 ބިދޭސީއަކު އަނބުރާ ފޮނުވާލާފައިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ. މިކަން ޝަމްޢާން ހާމަކުރެއްވީ އިއްޔެ ދާޚިލީ ވުޒާރާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެގައެވެ.

ޝަމްޢާން ވިދާޅުވިގޮތުގައި، ރާއްޖޭގެ ބޯޑަރު ހުރަސްކޮށް ރާއްޖެއަށް އެތެރެވުމަށްޓަކައި ކައުންޓަރފީޓް ނުވަތަ ފޯޖް ޕާސްޕޯޓް ބޭނުންކޮށްގެން އެތެރެވުމަށް ގިނަ ބަޔަކު މަސައްކަތްކުރަމުންދާކަން ފާހަގަކުރެވިފައިވެއެވެ. މީގެ ތެރޭގައި ކައުންޓަރފީޓް އަދި ފޯޖް ޕާސްޕޯޓުގެ އިތުރުން، ޝަޚްސު އޮޅުވާލުމަށް ބޭނުންކުރާ ޑޮކިއުމަންޓްތަކާއި އޭގައި ޖަހާފައިވާ ވިސާތަކަކީވެސް ފޯޖްކޮށްފައިވާ ތަކެތިކަން ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މި އަހަރު 51 ބިދޭސީއެއް ވަނީ އަޅުގަނޑުމެންގެ ބޯޑަރުން ހިފަހައްޓާފައި. މީގެ ތެރޭގައި ކައުންޓަރފިޓް ޕާސްޕޯޓާއި ޝަޚްސު އޮޅުވާލަން މަސައްކަތްކުރާ ޑޮ ޑޮކިއުމަންޓާއި އޭގައި ޖަހާފައި ހުރި ވިސާތަކަކީ ފޯޖްކޮށްފައި ހުރި ވިސާތަކެއްކަން ވަނީ ފާހަގަކުރެވިފައި. އެގޮތުން 51 ބިދޭސީއެއް ވަނީ އަނބުރާ ފޮނުވާލެވިފަ," ޝަމްޢާން ވަޙީދު ވިދާޅުވިއެވެ.

Advertisement

Advertisement 1

މީގެއިތުރުން، ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 5000 މީހުން ފޮނުވާލަން މި އަހަރު އަމާޒު ހިފާފައިވާކަމަށް ޝަމްޢާން ވިދާޅުވިއެވެ. މިހާތަނަށް ޤަވާއިދާ ޚިލާފަށް އުޅޭ 4361 ބިދޭސީއެއް އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލާފައިވާކަމަށްވެސް ޝަމްޢާން ވިދާޅުވިއެވެ.

މި ފޮނުވާލެވުނު މީހުންގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅުމުގެ ސަބަބުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވުނު ފަރާތްތަކާއި، އަމިއްލައަށް ފުރަން ބޭނުންވެގެން އެކަމަށް އެދިގެން ފުރުވާލެވުނު ފަރާތްތަކުގެ އިތުރުން، އިމިގްރޭޝަނުން ނޯޓިސް ދިނުމަށްފަހު ފުރުވާލެވުނު ފަރާތްތައް ހިމެނެއެވެ.

ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ ޚާއްޞަ ރެއިޑު އޮޕަރޭޝަންގައި އިއްޔެ ވެސް މާލެއިން 02 ތަނެއް ވަނީ ބަލައި ފާސްކޮށްފައިވާއިރު، ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ 02 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަން ފާހަގަ ކުރެވެއެވެ.

އިމިގްރޭޝަންޝަމްއާން ވަހީދު (ކުރީގެ ކޮންޓްރޯލަރ)ރައީސް އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދާސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދާސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

12 ދުވަސް ކުރިން - 20:13

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފަށަނީ

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފަށަނީ

12 ދުވަސް ކުރިން - 19:37

އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓަށް ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓަށް ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

15 ދުވަސް ކުރިން - 18:08

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

42 ދުވަސް ކުރިން - 11:09

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

43 ދުވަސް ކުރިން - 18:19

ކަސްޓަމަރުންގެ ޒާތީ އެއްވެސް މައުލޫމާތެއް އިމިގްރޭޝަނާ ބީއެމްއެލްއާ ދެމެދު ބަދަލެއް ނުކުރެވޭ: ބީއެމްއެލް

ކަސްޓަމަރުންގެ ޒާތީ މައުލޫމާތެއް އިމިގްރޭޝަނުން ނުލިބޭ: ބީއެމްއެލް

77 ދުވަސް ކުރިން - 22:22