5.1 ބިލިއަނުގެ ސަޕްލިމެންޓަރީ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުޤައްރިރުކަމަށް ފުވައްމުލަކު މެދުދާއިރާގެ މެމްބަރު ޢަލީ ފަޒާދު އަދި ނައިބު މުޤައްރިރުކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމްހަމަޖެއްސެވީ ހާޟިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާޤުން.
712 ދުވަސް ކުރިން - 13:00
އެވޯޑް ދިނުން އޮތީ ބުދަދުވަހުގެރޭ 20:30 ގައި އުމަރު ޒާހިރު އޮފީސް އިމާރާތުގެ މަލްޓި ޕާޕަސްހޯލްގަ. މިއަހަރުގެ ރަސްމިއްޔާތަކީ 18 ކެޓަގަރީއަކުން ޖުމްލަ 86 ނޮމިނޭޝަން ލިބިފައިވާ ޝަރަފުވެރި އެވޯޑްތަކުގެ 11 ވަނަ އެޑިޝަން..
712 ދުވަސް ކުރިން - 21:28
ޕީއެންސީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވެއްޖެ. މިހާތަނަށް 65،000 މެންބަރުން ހަމަވެފައިވާއިރު، އިލެކްޝަނުގެ ދަފްތަރުން ވަރަށް އަވަހަށް އެކަން ފެންނާނެ. ރައީސް މުޢިއްޒުގެ އަމާޒަކީ 75،000 މެންބަރުން ހަމަކުރުން.
712 ދުވަސް ކުރިން - 17:54
ޝިންޑާއޯގައި ބޭއްވުނު ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމުގައި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް އައު އީޖާދުތައް މުހިންމު ދައުރެއް އަދާކުރާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު ވިދާޅުވެއްޖެ.
712 ދުވަސް ކުރިން - 17:22
އަބޫދާބީގެ މަހުޖަނަކު ހިއްސާވާ ކުންފުންޏަކުން ތަރައްޤީކުރާ މާފަރު އެއާޕޯޓަށް އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހާ ހަމައަށް 100 ޕްރައިވެޓު ޖެޓު ޖައްސާނެކަމަށް ލަފާކުރެވޭ ކަމަށަ އައިލެންޑް އޭވިއޭޝަނުން ބުނޭ.
712 ދުވަސް ކުރިން - 16:37
ކޮންމެ ދެ އަހަރަކުން އެއްފަހަރު ބާއްވާ ޗޮގަމް 2024ގެ ހަވާސާގައި ބޭއްވުނު ކޮމަންވެލްތު އިސްވެރިންގެ ރިޓްރީޓްގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް ބައިވެރިވަޑައިގެންފި.
712 ދުވަސް ކުރިން - 16:27
ޣައްޒާ އާއި ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް އަލުން މަޝްވަރާތައް ފެށުމާ ގުޅޭ ގޮތުން ޤާހިރާގައި ހަމާސް އާއި މިސްރުގެ މަޝްވަރާތައް ބާއްވައިފި
713 ދުވަސް ކުރިން - 12:31
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ފޮނަދޫއަށް ވަޑައިގެންނެވީ ވެމްކޯއިން އިންތިޒާމްކޮށްގެން ބާއްވާ "ފަށްޓަމާ" އާއިލީ ހަވީރު ޝަރަފުވެރިކޮށްދެއްވުމަށް. އެމަނިކުފާނަށް ފޮނަދޫއިން ހޫނު މަރުޙަބާއެއް ކިޔާފައިވޭ.
713 ދުވަސް ކުރިން - 09:59
ފަލާހް ވިދާލުވީ މި ނިންމުން ނިންމެވީ ރައީސް މުޢިއްޒު ޤައުމުގެ އިޤްތިސާދީ ޙާލަތު ރަނގަޅުކޮށް އާމްދަނީ އިތުރުކޮށް ޚަރަދުތައް ކުޑަކުރުމަށް އަޅުއްވަމުން ގެންދަވާ މުހިންމު ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް.
713 ދުވަސް ކުރިން - 23:09
މި އަހަރު އެ ކައުންސިލަށް ލިބިފައިވާ 77 ޝަކުވާގެ ތެރެއިން 63 މައްސަލައަކީ ދޮގު ޚަބަރު ފަތުރާ "ދިޔަވަރު" ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ލިޔުންތަކާއި ފޮޓޯތަކާއި ގުޅޭ ގޮތުން ހުށަހެޅިފައިވާ ޝަކުވާތަކެއް އެމްއެމްސީން ހާމަކުރި.
713 ދުވަސް ކުރިން - 23:09
ގުޅީފަޅު ކައިރީގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 19:34 ގައި.. އަނިޔާވި 12 މީހުންނަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުން. އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލާއި ޙަވާލާދީ ފުލުހުން ބުނޭ.
713 ދުވަސް ކުރިން - 22:54
ދިވެހިރާއްޖޭގައި މިނިވަންކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ހަތަރު ބުރެއް ކާމިޔާބުކަމާއެކު ބޭއްވިފައިވާއިރު، މިއީ ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއް ކަމަށް ނައިބު ރައީސް ވިދާޅުވި.
713 ދުވަސް ކުރިން - 22:40