މޯލްޑިވްސް މީޑިއާ ކައުންސިލްގެ "ނޫސްވެރިކަމުގެ އިނާމު 2023" ބުދަދުވަހުގެ ރެޔަށް ފަސްކޮށްފިއެވެ.. މިއީ ކުރިން ހަމަޖެހިފައިވާ ގޮތުންނަމަ ހޯމައިގައި ބާއްވަން އޮތް ރަސްމިއްޔާތެވެ.
މިއަހަރުގެ ރަސްމިއްޔާތަކީ 18 ކެޓަގަރީއަކުން ޖުމްލަ 86 ނޮމިނޭޝަން ލިބިފައިވާ ޝަރަފުވެރި އެވޯޑްތަކުގެ 11 ވަނަ އެޑިޝަން އެވެ. މި ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ؛
• ތަޙުޤީޤީ ނޫސްވެރިކަމުގެ ދާއިރާ
• އިޖުތިމާޢީ ދާއިރާ
• ސިޔާސީ ދާއިރާ
• ޝަރުޢީ އަދި ޤާނޫނީ ދާއިރާ
• ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ
• ކުޅިވަރުގެ ދާއިރާ
• ފޮޓޯ ޖާނަލިޒަމްގެ ދާއިރާ
• ވީޑިއޯ ޑޮކިއުމެންޓަރީގެ ދާއިރާ
• ގްރެފިކްސްއާއި އިލެސްޓްރޭޝަންސްގެ ދާއިރާ
• ފީޒާ ރިޕޯޓުގެ ދާއިރާ
• ތާރީޚާއި ސަގާފަތުގެ ދާއިރާ
• މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
• ތިމާވެށްޓާއި ދެމެހެއްތެނިވި ތަރައްޤީގެ ދާއިރާ
• އޯޑިއޯ ޖާނަލިޒަމްގެ ދާއިރާ
• އުންމީދީ ނޫސްވެރިޔާގެ އިނާމު
• އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު
• އަހަރުގެ އެންމެ މޮޅު ކަވަރޭޖުގެ އިނާމު
• އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު
މޯލްޑިވްސް މީޑިއާ ކައުންސިލުން އަހަރަކު އެއްފަހަރު ބާއްވާ މި އެވޯޑްތައް މިފަހަރު ދިނު،ަށް ހަމަޖެހިފައިވަނީ ބުދަދުވަހުގެރޭ 20:30 ގައި އުމަރު ޒާހިރު އޮފީސް އިމާރާތުގެ މަލްޓި ޕާޕަސްހޯލްގައި އޮންނަ ރަސްމިއްޔާތުގައެވެ.









