ސަރުކާރުން ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުޤައްރިރުކަމަށް ފުވައްމުލަކު މެދުދާއިރާގެ މެންބަރު ޢަލީ ފަޒާދު އާއި ނައިބު މުޤައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހަމަޖައްސަވައިފިއެވެ.
މި ދެމެންބަރުން މުޤައްރިރުކަމަށް ހަމަޖެއްސެވީ މިއަދު އޮތް ކޮމެޓީގެ އިއްތިފާޤުންނެވެ.
ބަޖެޓުގައި ހިމެނޭ މައިގަނޑު ދާއިރާތައް:
- ޕީއެސްއައިޕީ އަށް އިތުރު 2.0 ބިލިއަން ރުފިޔާ
- ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު 441.4 މިލިއަން ރުފިޔާ
- ކޮންޓިންޖެންސީ ބަޖެޓަށް އިތުރު 650 މިލިއަން ރުފިޔާ
- ސްޓޫޑަންޓު ލޯނު ދޫކުރުމަށް 458.4 މިލިއަން ރުފިޔާ
- މެޑިކަލް ކޮންޒިމަބަލްސް އަށް 200 މިލިއަން ރުފިޔާ
- ބޭސްފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ
- ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ
- މުސާރައާއި އުޖޫރައަށް 24.4 މިލިއަން ރުފިޔާ