ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ލ. ފޮނަދޫއަށް ވަޑައިގެންފިއެވެ. މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މަޖިލީހުގެ ރައީސް ފޮނަދޫއަށް ވަޑައިގެންފައިވަނީ ވެމްކޯއިން އިންތިޒާމްކޮށްގެން ބާއްވާ "ފަށްޓަމާ" އާއިލީ ހަވީރު ޝަރަފުވެރިކޮށްދެއްވުމަށެވެ.

މަޖިލީހުގެ ރައީސް ރަސްމީ ދަތުރުފުޅަށް ފޮނަދޫއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް އެރަށުން ކިޔާފައިވޭ. އެމަނިކުފާނު ފޮނަދޫއަށް ވަޑައިގެންނެވީ ވެމްކޯގެ އެދިލެއްވުމަކަށް އެފަރާތުން އިންތިޒާމްކޮށްގެން ބާއްވާ "ފަށްޓަމާ" ޢާއިލީ ހަވީރު ޝަރަފުވެރިކޮށްދެއްވުމަށް.
މި ދަތުރުފުޅުގެ ކުރިން، މަޖިލީހުގެ ރައީސް ވަނީ ސްވިޒަލޭންޑްގެ ޖެނީވާގައި ބޭއްވުނު އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެ ވަޑައިގެންފައެވެ. އެ އެސެމްބްލީގައި ދެއްކެވި ވާހަކަފުޅުގައި، މަޖިލީހުގެ ރައީސް ވަނީ ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.
Hon. Abdul Raheem Abdulla, Speaker of the People’s Majlis attended “Fattamaa” family evening organized by WAMCO pic.twitter.com/dkODgtLPry
— People's Majlis (@mvpeoplesmajlis)
?t=aFjKmYDgd2TO2yHDLVRfFA&s=19
ހަމައެއާއެކު، ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އިލްތިމާސް ކުރައްވައި، ޢާންމުން ތަޙައްމަލްކުރަމުންދާ ތަކުލީފުތައް ނިމުމަކަށް ގެނައުމަށްޓަކައި ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.









