ދަރުމަވަންތަ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ރަސްމީކޮށް ހުޅުވައިފި. އެތަނުގައި ފަރޓިލިޓީ ސެންޓަރެއް އަދި ހައިބްރިޑް ކާޑިއަކް ކެތެޓަރައިޒޭޝަން ލެބް (ކެތް ލެބް) އެއް ވެސް ހުރޭ.
689 ދުވަސް ކުރިން - 06:46
ވެމްކޯގެ މުވައްޒަފުން ހުޅުމާލެ ފޭސް 2 އާއި ވިލިމާލޭގެ ފަރުކޮޅުފުށި ބީޗް ސާފުކޮށްފި. 5 ޓަނަށްވުރެ ގިނަ ކުނި އެއްކުރެވުނު. މިއީ ސާފު ވެއްޓެއް ޤާއިމްކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ބައެއް
689 ދުވަސް ކުރިން - 06:43
އެސްޓީއޯ މެޑިކަލް ސާވިސަސްއިން ހަކުރުބަލީގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ފަށައިފި. ޕްރޮގްރާމުގެ ދަށުން "އަކުއާ ފިޓްނެސް ފެސްޓް" އާއި ހެލްތް ސްކްރީނިންގ ސެޝަންތަކެއް ބާއްވައި، ހިލޭ ހެލްތް ޗެކަޕް ހެދުމުގެ ފުރުސަތު ދޭނެ.
689 ދުވަސް ކުރިން - 00:20
ސަރުކާރުގެ 52ވަނަ ހަފްތާ ފާހަގަކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން އަގުހުރި ލަކީޑްރޯއާއެކު ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި. މި އިވެންޓުގައި ވަޒީރު ފައިޞަލް ވަނީ "ފަތުރުވެރިކަމުގެ ދުވެލި 1" ނެރެދެއްވާފަ.
689 ދުވަސް ކުރިން - 00:16
އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 8 ބިން ވިއްކުމަށް ހުޅުވާލައިފި. ބީޗް ފްރަންޓުން 2 ބިމާއި ބީޗް ސައިޑުން 6 ބިން ހިމެނޭ.
689 ދުވަސް ކުރިން - 00:07
އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މާލޭ ސިޓީ ކައުންސިލާއި އެއްވެސް ބައްދަލުވުމެއް ބާއްވަވާފައި ނުވާ ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި ސިޓީ ކައުންސިލަށް ކުރީ އުނދަގޫކަމަށް ނަރީޝް ވިދާޅުވި.
689 ދުވަސް ކުރިން - 00:01
އިސްރާއީލް ސިފައިންގެ 9 މީހުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއާއި ދެކުނު ލެބަނަންގައި ޒަޚަމްވެއްޖެ. މީގެ ތެރެއިން 2 މީހުން ޒަޚަމްވީ ޣައްޒާގަ. އަދި 7 މީހުން ޒަޚަމްވީ ދެކުނު ލުބުނާނުގައި..
689 ދުވަސް ކުރިން - 23:52
ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރި ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ރާއްޖޭގެ ފުރިހަމަ ތާޢީދު އަބަދުވެސް އޮންނާނެކަމަށް ވިދާޅުވެފަ.
689 ދުވަސް ކުރިން - 23:20
ނިމުނު އަހަރުތަކުގައި ސަރުކާރުގެ ބަޖެޓުގައި ވަކިވަކި ރަށްތަކަށް މަޝްރޫޢުތައް ހިމަނާފައިވަނީ އިންތިޚާބުތަކަށް ރައްޔިތުންނާއި މެންބަރުން ރުއްސުމަށް ކަމަށާއި މީގެތެރެއިން ބޮޑު އިންސައްތައަކީ ހަމައެކަނި ބަޖެޓުގައި ލިޔެލާފައިވާ މަޝްރޫޢުތައްކަމަށް ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވެއްޖެ.
689 ދުވަސް ކުރިން - 20:43
އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ ހައްލުކުރުމަށާއި، ބޭސްފަރުވާއަށް ސަލާންޖަހަންޖެހޭ ހާލަތު ނިމުމަކަށް ގެނައުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެ
689 ދުވަސް ކުރިން - 20:37
ފާއިތުވި އަހަރު ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި 158 އޮޕަރޭޝަން ހިންގައި، 48 ޑްރަގް ކެފޭ ބަންދުކޮށް، 1009 މީހުން ހައްޔަރުކޮށް، 183 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، 8451 ބަނގުރާ ދަޅު/ފުޅި ހިފަހައްޓާފައިވޭ.
689 ދުވަސް ކުރިން - 19:53
ރައްޔިތުންގެ ޚަޒާނާއަށް ފައިދާވާ ގޮތަށް ގޮތް ނިންމަވަަން ކެރިވަޑައިގަތް ހަމައެކެނި ރައީސަކީ އަދުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށާއި، ޤައުމުގެ މިސްރާބު ހުރީ މާ އުފާވެރި މާދަމާއަކަށް ކަމަށް ނަބީހު ވިދާޅުވި.
689 ދުވަސް ކުރިން - 18:09