އެމްޑީޕީގެ ވެރިކަމުގައި މާލޭ ސިޓީ ކައުންސިލަށް އެކަށީގެންވާ އަހަމިއްޔަތުކަމެއް ދީފައިނުވާ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މާލޭ ސިޓީ ކައުންސިލާ އެއްވެސް ބައްދަލުވުމެއް ބާއްވަވާފައި ނުވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެެވެ
ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވިއެވެ. "ރައީސް މުޢިއްޒު މޭޔަރަކަށް ހުންނެވިއިރު ބައްދަލެއް ނުކުރެއްވި ކައުންސިލަކާއި. އަދި ނުވިތާކަށް އެބޭފުޅުންގެ ޕާޓީގެ ކައުންސިލަރުންނާއި ވަކިންވެސް ބައްދަލުނުކުރެއްވި. މި ދަންނަވަނީ ރާއްޖޭގެ ތިންބައިކުޅަ ދެބަޔަސް ޚިދުމަތްދޭ ކައުންސިލެއްގެ ވާހަކަ. ހަމައެކަނި މި އިބާރާތުން ވެސް ދޭހަވާނެ ލާމަރުކަޒީއާމެދު އެމްޑީޕީން ދެކޭގޮތް" ނަރީޝް ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީޕީގެ ވެރިކަމުގައި ސިޓީ ކައުންސިލަށް ކުރި އުނދަގޫތަކުގެ ވާހަކަ ވެސް ނަރީޝް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވިއެވެ. “ދެ އިރު ކާ ބޭހެއްހެން އަކުރަމް ކަމާލުއްދީން ސިޓީ ފޮނުއްވި ބިންތައް އަތުލަން. އެހާ ވަރަކަށް ބަޔަކަށް ޖެެއްސުންކުރެވޭނީ"
ނަރީޝް އިތުރަށް ވިދާޅުވީ، މިހާރު މޭޔަރަކަށް ހުންނެވީ އިދިކޮޅު އެމްޑީޕީގެ ބޭފުޅެއް ކަމަށާއި، ނަމަވެސް އެއްވެސް ކަމެއްގައި ސިޓީ ކައުންސިލަށް ސަރުކާރުން ދުއްތުރާ ނުކުރާ ކަމަށެވެ. އަދި ކައުންސިލްތައް ބާރުވެރިކުރުވައި ލާމަރުކަޒީ ނިޒާމު އޭގެ ފުރިހަމަ މާނައިގައި ހިނގާތަން ފެންނަނީ މިހާރު ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.









