ބީޗްތައް ސާފުކުރުމަށް ވެމްކޯއިން ބޮޑު ހަރަކާތެއް ހިންގައިފި

މުޙައްމަދު ޛިހާން ޒުބައިރު | 380 ދުވަސް ކުރިން - 16 ނޮވެންބަރު 2024 06:43
ވެމްކޯގެ މުވައްޒަފުން ބީޗް ސަރަޙައްދު ސާފުކުރުމުގެ މަސައްކަތުގައި / ފޮޓޯ: ވެމްކޯ
ވެމްކޯގެ މުވައްޒަފުން ބީޗް ސަރަޙައްދު ސާފުކުރުމުގެ މަސައްކަތުގައި / ފޮޓޯ: ވެމްކޯ
ޚުލާސާ

ވެމްކޯގެ މުވައްޒަފުން ހުޅުމާލެ ފޭސް 2 އާއި ވިލިމާލޭގެ ފަރުކޮޅުފުށި ބީޗް ސާފުކޮށްފި. 5 ޓަނަށްވުރެ ގިނަ ކުނި އެއްކުރެވުނު. މިއީ ސާފު ވެއްޓެއް ޤާއިމްކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ބައެއް

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންނާއި މެނޭޖްމަންޓް ޓީމުގެ ބޭފުޅުން ބައިވެރިވެގެން ހުޅުމާލެ ފޭސް 2 އާއި ވިލިމާލޭގެ ފަރުކޮޅުފުށި ސަރަހައްދުގެ ބީޗްތައް ސާފުކުރުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ވެމްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ހަރަކާތުގެ ތެރެއިން 5 ޓަނަށްވުރެ ގިނަ ކުނި އެއްކުރެވުނެވެ. މީގެ ތެރޭގައި ޕްލާސްޓިކް ފުޅި، ދަޅު، ފައިބަރު އަދި މެރިން ކެމިކަލް ވޭސްޓް ހިމެނެއެވެ.

ވެމްކޯއިން އިތުރަށް ހާމަކުރި ގޮތުގައި މި ހަރަކާތަކީ ސާފު ވެއްޓެއް ޤާއިމްކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. އަދި މިފަދަ ހަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެއެވެ.

ފަރުކޮޅުފުށި ބީޗް ސަރަހައްދަކީ ކުނީގެ ސަބަބުން ފެންވެސް ތަޣައްޔަރުވެފައިވާ ސަރަހައްދެއް ކަމަށް ވެމްކޯއިން ފާހަގަކޮށްފައިވެއެވެ.

           

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%