ކަންގަނާ ރަނައުތުގެ ފުރަތަމަ ޑައިރެކްޝަން "އިމަޖެންސީ" 2025 ޖެނުއަރީ 17 ގައި ނެރުމަށް ނިންމައިފި. އިންދިރާ ގާންދީގެ ހަޔާތަށް ބިނާކޮށްފައިވާ މި ފިލްމުގައި ކަންގަނާ އާއި އަނުޕަން ޚޭރު ފެނިގެންދާނެ.
683 ދުވަސް ކުރިން - 08:26
ނިއު ރޭޑިއަންޓްގެ އާ ޗެއާމަނަކަށް ރީޖަނަލް އެއަރޕޯޓްސްގެ އެމްޑީ އަޙްމަދު މުބީން އިންތިޚާބުވެއްޖެ. ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލް ނައިބު ރައީސްކަމަށް ހޮވުނެވެ.
683 ދުވަސް ކުރިން - 08:16
ޚިދުމަތް މެދުކެނޑޭނެ ވަގުތަކީ މިރޭ 2:00 އާއި 3:30 އާ ދެމެދު ކަމަށް ބީއެމްއެލްއިން ބުނެފައިވޭ.
684 ދުވަސް ކުރިން - 00:22
ރައީސް މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރާއި ޕީއެންސީ އަބަދުވެސް ދެމި އޮންނާނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަށް ކަމަށް ވެސް ޕީއެންސީން ފާހަގަކުރި.
684 ދުވަސް ކުރިން - 00:02
މި ދަތުރުފުޅުގައި ރައީސް ކުރައްވާ އިދާރީ މަސައްކަތްޕުޅުތަކުގެ ޚަރަދާއި، ޢާއިލާއާއި އަމިއްލަފުޅު ކަންކަންވެސް ހިމެނޭގޮތުން، މުޅި ދަތުރުފުޅުގެ ހުރިހާ ޚަރަދެއްވެސް ކުރައްވާނީ ރައީސް އަމިއްލަފުޅަށް ކަމަށް ރައީސް އޮފީހުން ބުނި.
684 ދުވަސް ކުރިން - 23:49
އަންނަ އަހަރަށް ލަފާކުރާ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާ ކަމަށްވާއިރު، މިއީ ފަހުގެ ތާރީޚެއްގައި ނިސްބަތުން އެންމެ ކުޑަ ޑެފިސިޓް ކަމަށް ސަރުކާރުން ފާހަގަކުރައްވާ.
684 ދުވަސް ކުރިން - 22:41
އޭސީސީ ގެ ޑެޕިއުޓީ ޑިރެކްޓަރެއް ކަމަށްވާ ހަސަން މަނިކު މިލިއަނެއްހާ ރުފިޔާގެ ހިޔާނާތުގެ ތުހުމަތުގައި ސަސްޕެންޑްކޮށްފި. މި މައްސަލަ ގުޅިފައިވަނީ އޭސީސީގެ ރެކްރިއޭޝަން ކްލަބްގެ މާލީ ހިސާބުތަކާ.
684 ދުވަސް ކުރިން - 22:36
މި ބިލު، ރައީސް ތަޞްދީޤުކުރެއްވުމާ ގުޅިގެން، މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައި.
684 ދުވަސް ކުރިން - 21:11
މިއަދު ހަވީރު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި އިސްލާހުތައް ފާސްކޮށްފައިވަނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 91 މެންބަރުންގެ ތެރެއިން 78 މެންބަރުންގެ ވޯޓުން.
684 ދުވަސް ކުރިން - 19:54
މިއަދު ހަވީރު ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ހުރިހާ މެންބަރުންވެސް ވޯޓު ދެއްވާފައިވަނީ ޤާނޫނު އަސާސީއަށް އެ އިސްލާހު ގެންނަން ފެނިވަޑައިގަންނަވާ ކަމަށް.
684 ދުވަސް ކުރިން - 19:30
މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާޙާ ގުޅިގެން ދެ ޕާޓީގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން މަޖިލީހުގެ މާޙައުލު ވަނީ ހޫނުވެފައި.
684 ދުވަސް ކުރިން - 15:32
އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްވެފައިވާކަމަށް ނިންމާފައިވާއިރު، އެ އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކުރުމަށްޓަކައި މިއަދު ހަވީރު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިއުލާނުކުރައްވާފައި.
684 ދުވަސް ކުރިން - 15:27