ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކުގެ %80 ދަފްތަރު ކުރެވިފައިވާކަމަށް ވުޒާރާއިން ބުނި. އަދި 2,260 އެއްހާ ފަޅުވެރިން ދަފްތަރުކުރެވިފައިވާ ކަމަށް ވުޒާރާއިން ބުނި.
683 ދުވަސް ކުރިން - 15:54
ރާއްޖޭގެ ކުށުގެ ވެށީގެ އުޅޭ ކުޑަކުދިންގެ މައްސަލަ އެއްކޮށް ޙައްލު ކުރުމަށް ޑީޖޭޖޭގެ މަސައްކަތް ވަރަށް މުހިންމު ކަމަށް ވަޒީރު ވިދާޅުވި.
683 ދުވަސް ކުރިން - 15:41
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ ކައުންސިލް ރައީސާއި ދާއިރާގެ މަޖިލިސް މެންބަރު ފާހަގަކުރެއްވި ކަންކަމަށް އަވަސް ޙައްލެއް ހޯދައިދެއްވުމަށް ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަން ބައްލަވާނެކަމުގައި ވިދާޅުވެފައި.
683 ދުވަސް ކުރިން - 15:28
ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށް ހެލްތު މިނިސްޓްރީން ދޫކުރާ ލައިސަންސް ބޭނުންވާނީ އެކަމާ ގުޅޭ ޤަވާޢިދު އާންމުކުރުމަށްފަހު ކަމަށް މިނިސްޓްރީން ބުނެފި. މިއީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމާ ގުޅިގެން އައި ބަދަލެއް.
683 ދުވަސް ކުރިން - 15:08
ކޯޓުތަކުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ރަސްމީ ދުވަހާއި ހަމައަށް ސުޕްރީމް ކޯޓު އަންނަ ޑިސެމްބަރު މަހުން ފެށިގެން ރިސެސްއަށް ދާނެކަމަށް ކޯޓުން އިއުލާނުކޮށްފި.
683 ދުވަސް ކުރިން - 13:35
މިއަދު ރާއްޖޭގެ ގިނަ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެކަމަށް މެޓްއިން އިންޒާރުދީފި. ވައިގަދަވެ، ކަނޑު ގަދަވާނެ ކަމަށެ ބެލެވޭތީ، ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓް އިން ވަނީ އިލްތިމާސްކޮށްފައި.
683 ދުވަސް ކުރިން - 13:32
ރާއްޖެއަކީ މިސަރަޙައްދުގެ އިސްލާމިކް ފައިނޭންސް ހަބަކަށް ހެދުމަށް މާލީ ވުޒާރާގައި ވަކި ޑިޕާޓްމަންޓެއް ޤާއިމްކޮށް، ޝަރީޢާ އެޑްވައިޒަރީ ކޮމެޓީއެއް އުފައްދައި، ސަރުކާރުގެ ފުރަތަމަ ސުކޫކު އިޝޫކުރުމުގެ މަސައްކަތް ކުރަމުންދޭ.
683 ދުވަސް ކުރިން - 11:57
ކޮޕް-29ގެ ހަވާސާގައި ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެ.
683 ދުވަސް ކުރިން - 11:55
މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްކަމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި "އެޑިޔުކޭޝަން ސެންޓަރ ފޯ އެކްސެލެންސް" ގެ ނަމުގައި ސެންޓަރުތައް ޤާއިމްކުރުމަށް ނިންމާފައިވާކަމަށް ވަޒީރު ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވެއްޖެ.
683 ދުވަސް ކުރިން - 11:50
ޕާކިސްތާނުގައި ބާއްވާ އަސްކަރީ މައުރަޒެއްގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެއްގައި، ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން، ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ އަސްކަރީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި.
683 ދުވަސް ކުރިން - 11:48
ރައްޔިތުންގެ މަޖިލީހުން ގެނައި އިޞްލާޙުތަކަކީ ރާއްޖޭގެ ރައްޔިތުންގެ ޙައްޤުގައި ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، ތަރައްޤީއާއި، ހަމަޖެހުމަށްޓަކައި، ނުހަނު ޖޯޝާއެކު ޤައުމީ ރޫޙުގައި ނިންމެވި ވަރަށް މުހިންމު ނިންމެވުންތަކެއްކަމަށް ރައީސް ވިދާޅުވި.
683 ދުވަސް ކުރިން - 09:59
ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިސްޓުގައި ގިނަ ގޯސްތަކެއް ހުރުމުން އެކަންތައްތައް ދިރާސާކުރުމަށްފަހު، އެ ގޯސްތަކުގެ ދިރާސާ ރިޕޯޓެއް މި މަހު ނެރޭނެ.
683 ދުވަސް ކުރިން - 08:54