Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މަސްވެރިންގެ ދަފްތަރުގައި 2,260 މަސްވެރިން ރަޖިސްޓްރީކޮށްފި

މަސްވެރިންގެ ދަފްތަރުގައި 2,260 މަސްވެރިން ރަޖިސްޓްރީކޮށްފި

އަައިޝަތު ޒީނާ
567 ދުވަސް ކުރިން - 21 ނޮވެންބަރު 2024 15:54
މަސްވެރިންގެ ދަފްތަރުގައި 2,260 މަސްވެރިން ރަޖިސްޓްރީކޮށްފި
ޚުލާސާ

ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކުގެ %80 ދަފްތަރު ކުރެވިފައިވާކަމަށް ވުޒާރާއިން ބުނި. އަދި 2,260 އެއްހާ ފަޅުވެރިން ދަފްތަރުކުރެވިފައިވާ ކަމަށް ވުޒާރާއިން ބުނި.

މަސްވެރިންގެ ޤައުމީ ދަފްތަރުގައި މިހާތަނަށް 2,260 މަސްވެރިން ރަޖިސްޓްރީކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލުމުގެ ބޭނުމަކީ މަސްވެރިންނަކީ ދައުލަތް ބަލައިގަންނަ ބަޔަކަށް ހެދުމާއި މަސްވެރިންނަށް ޚާއްޞަކޮށްގެން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކުގެ ނަފާ ސީދާ މަސްވެރިންނަށް ފޯރުކޮށްދޭނެ ވަސީލަތެއް ޤާއިމްކުރުން ކަމަށެވެ. އެގޮތުން މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލައި ދަފްތަރު ކުރުމުގެ މަސައްކަތް ފަށައިގަތީ ސަރުކާރުގެ ފުރަތަމަ 14 ހަފްތާ ތެރޭގައި ކަމަށް ވުޒާރާއިން ބުންޏެވެ.

މި މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންގޮސް ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކުގެ %80 ދަފްތަރު ކުރެވިފައިވާކަމަށް އެ ވުޒާރާއިން ބުންޏެވެ. އަދި 2,260 އެއްހާ ފަޅުވެރިން ދަފްތަރުކުރެވިފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.

Advertisement

Advertisement 1

މަސްވެރިންނަށް މާލީ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލައި، މަސްވެރިކަމަކީވެސް ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއެއްކަމުގައި ހެދުމަށްޓަކައި، މަސްވެރިންގެ ޤައުމީ ދަފްތަރު ށ. ކޮމަންޑޫގައި އިފްތިތާޙްކޮށްފައިވަނީ 16 ފެބްރުއަރީ 2024 ގައެވެ. މިގޮތުން މިކަމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕްލެޓްފޯމުގައި ރަޖިސްޓަރީވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

މަސްވެރިންގެ ދަފުތަރު އެކުލަވާލުމަށް ވުޒާރާގެ ޓިމުތަކުން 14 އަތޮޅަކަށް ދަތުރުކޮށްފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ. މިއީ ޤައުމީ ފެންވަރެއްގައި ރާއްޖޭގައި މަސްވެރިންގެ ރަސްމީ ދަފްތަރެއް އެކުލަވާލެވޭ ފުރަތަމަ ފަހަރެވެ.

މަސްވެރިކަންފިޝަރީޒް މިނިސްޓްރީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ

8 ދުވަސް ކުރިން - 17:27

އިނގިރޭސިވިލާތުން ރާއްޖޭގެ މަހުގެ އުފެއްދުންތަކުން ޑިއުޓީ ކަނޑާލުމުން އެމް.އެސް.ޕީ.އީ.އޭ އިން މަރުހަބާ ކިޔައިފި

ޓެރިފް ކަނޑާލުމުން އެމް.އެސް.ޕީ.އީ.އޭ އިން މަރުހަބާ ކިޔައިފި

20 ދުވަސް ކުރިން - 11:17

ރާއްޖޭން އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް 2028 ގެ ނިޔަލަށް ކަނޑާލައިފި

އިނގިރޭސިވިލާތުން ރާއްޖޭގެ މަހުގެ ޓެރިފް ކަނޑާލައިފި

22 ދުވަސް ކުރިން - 18:40

ދިވެހި މަސްވެރިކަން ދުނިޔޭގެ މުހިންމު މާކެޓަކަށް ހުޅުވިއްޖެ!

ދިވެހި މަސްވެރިކަން ދުނިޔޭގެ މުހިންމު މާކެޓަކަށް ހުޅުވިއްޖެ!

22 ދުވަސް ކުރިން - 18:18

ރައީސްގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިންނަށް 2.5 މިލިޔަން ލީޓަރުގެ ތެޔޮ ދޫކޮށްފި

މަސްވެރިންނަށް 2.5 މިލިޔަން ލީޓަރުގެ ތެޔޮ ދޫކޮށްފި

23 ދުވަސް ކުރިން - 19:57

މިދިޔަ އަހަރު ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު 92 އިންސައްތަ އިތުރު!

ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު 92އިންސައްތަ އިތުރުވެއްޖެ

37 ދުވަސް ކުރިން - 12:48