ދިވެހިރާއްޖެއާއި ޕާކިސްތާނުގެ އަސްކަރީ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި

އާނާ ފަހީމް | 195 ދުވަސް ކުރިން - 21 ނޮވެންބަރު 2024 11:48
ދިވެހިރާއްޖެއާއި ޕާކިސްތާނުގެ މެދުގައި އަސްކަރީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރުން/ ފޮޓޯ: ދިފާއީ ވުޒާރާ
ދިވެހިރާއްޖެއާއި ޕާކިސްތާނުގެ މެދުގައި އަސްކަރީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރުން/ ފޮޓޯ: ދިފާއީ ވުޒާރާ
ޚުލާސާ

ޕާކިސްތާނުގައި ބާއްވާ އަސްކަރީ މައުރަޒެއްގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެއްގައި، ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން، ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ އަސްކަރީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި.

ދިވެހިރާއްޖެއާއި ޕާކިސްތާނުގެ މެދުގައި އަސްކަރީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިހާރު ޕާކިސްތާނުގައި ބޭއްވެމުންދާ 12 ވަނަ އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ސެމިނަރ (އައިޑީއީއޭއެސް 2024) ގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.


ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ވަޒީރު ޣައްސާން، ޕާކިސްތާނުގެ އަސްކަރިއްޔާގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ސައީދު އާސިމް މުނިރްއާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ މެދުގައި އަސްކަރީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

އައިޑީއީއޭއެސް 2024 އަކީ ސަރަހައްދީ ޤައުމުތަކުގެ މެދުގައި އަސްކަރީ ދާއިރާއިން ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތައް ދެނެގަތުމަށް ބޭއްވޭ މުހިންމު މައުރަޒެކެވެ. މިއަހަރުގެ މި މައުރަޒުގައި 38 ޤައުމަކުން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%