Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މޫސުމީ ބަދަލުތަކުން ފަތުރުވެރިކަން ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދޭ: ވަޒީރު ޠާރިޤު

މޫސުމީ ބަދަލުތަކުން ފަތުރުވެރިކަން ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދޭ: ވަޒީރު ޠާރިޤު

އާނާ ފަހީމް
603 ދުވަސް ކުރިން - 21 ނޮވެންބަރު 2024 11:55
. ކޮޕް-29ގެ ހަވާސާގައި ބޭއްވުނު ބައްދަލުވުމެއްގައި ވަޒީރު ޠާރިޤު  ވާހަކަފުޅު ދެއްކަވުން
. ކޮޕް-29ގެ ހަވާސާގައި ބޭއްވުނު ބައްދަލުވުމެއްގައި ވަޒީރު ޠާރިޤު ވާހަކަފުޅު ދެއްކަވުން
ޚުލާސާ

ކޮޕް-29ގެ ހަވާސާގައި ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އ.ދ.ގެ މުއާހަދާގެ 29ވަނަ ބައްދަލުވުން، ކޮޕް-29ގެ ހަވާސާގައި ބޭއްވުނު ފަތުރުވެރިކަމުގެ ދާއިރާގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމާ ގުޅޭ މިނިސްޓީރިއަލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށާއި، މިކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަން ނިންމަވާފައިވާ ކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ކަނޑޫފާ ފަދަ ކާބަން ހިފަހައްޓާ މާހައުލުތައް ރައްކާތެރިކޮށް އާލާކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ރަށު ފެންވަރުގައި ކުރަމުންގެންދާ އެކި މަސައްކަތްތައްވެސް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

މީގެއިތުރުން، ކޮޕް-29ގައި ދިވެހިރާއްޖޭގެ ފުރަތަމަ ބައިއެނުއަލް ޓްރާންސްޕޭރަންސީ ރިޕޯޓު (ބީޓީއާރު) އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އޮނިގަނޑު (ޔޫއެންއެފްސީސީސީ) އަށް ހުށަހަޅާފައިވާކަން ފާހަގަކޮށްލެވެއެވެ. މި ރިޕޯޓު ހުށަހެޅުމާ ގުޅިގެން، ދިވެހިރާއްޖެއަށް ވަނީ ބީޓީއާރު ޗެމްޕިއަން ސެޓްފިކެޓް ލިބިފައެވެ.

(ކުރީގެ މިނިސްޓަރު) ތާރިގް އިބްރާހިމް
Ad
Ad

ގުޅޭ ޚަބަރުތައް

ޔޫއޭއީ އާއި ގަތަރަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

64 ދުވަސް ކުރިން - 12:11

އަންނަ މަހުން ފެށިގެން ސްޕިއާ ފިށިންކުރަން ހުއްދަ ދެނީ

އަންނަ މަހުން ފެށިގެން،ސްޕިއާ ފިށިންކުރަން ހުއްދަ ދެނީ

109 ދުވަސް ކުރިން - 21:37

ތެޔޮ އެތެރެކުރުމަށް މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ ހަރަދުކުރި

މިދިޔައަހަރު ތެޔޮ އެތެރެކުރަން 10 ބިލިއަން ހަރަދުކުރި

113 ދުވަސް ކުރިން - 09:48

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި ތާށިވި 1600 އަށްވުރެ ގިނަ ފަތުރުވެރިންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފި

ހާހަކަށް ވުރެ ގިނަ ފަތުރުވެރިންނަށް ސަރުކާރުން އެހީތެރިކަން

126 ދުވަސް ކުރިން - 17:24

ރާއްޖޭގައި މި އަހަރު ހަތް ރިސޯޓެއް ހުޅުވާނެ: ޓުއަރިޒަމް މިނިސްޓަރު

މި އަހަރު ރާއްޖޭގައި ހަތް ރިސޯޓެއް ހުޅުވަނީ

134 ދުވަސް ކުރިން - 19:02

ވެލާނާ އެއާޕޯޓުގެ 23 ފްލައިޓެއް މިއަދު ކެންސަލް ކޮށްފި

ވެލާނާ އެއާޕޯޓުގެ،23 ފްލައިޓެއް މިއަދު ކެންސަލް ކޮށްފި

138 ދުވަސް ކުރިން - 13:35

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%