Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވެލާނާ އެއާޕޯޓުގެ 23 ފްލައިޓެއް މިއަދު ކެންސަލް ކޮށްފި

ވެލާނާ އެއާޕޯޓުގެ 23 ފްލައިޓެއް މިއަދު ކެންސަލް ކޮށްފި

ހައްވާ މިރުފާ
183 ދުވަސް ކުރިން - 1 މާޗް 2026 13:35
ވެލާނާ އެއާޕޯޓުގައި ތާށިވެފައި ތިބި ފަތުރުވެރިން--- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ވެލާނާ އެއާޕޯޓުގައި ތާށިވެފައި ތިބި ފަތުރުވެރިން--- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ޚުލާސާ

މެދުއިރުމަޗަށް ދަތުރު ކުރާ ވެލާނާ އެއާޕޯޓުގެ 23 ފްލައިޓެއް މިއަދު ކެންސަލް ކޮށްފި، 1400 ފަތުރުވެރިން ވަނީ ރޭ އެ އާޕޯޓްގައި ތާށިވެފައި

ވެލާނާ އެއާޕޯޓުގެ 23 ފްލައިޓެއް މިއަދު ކެންސަލް ކޮށްފި އެވެ.

މިއަދު ކެންސަލްކުރި ފްލައިޓްތަކުގެ ތެރޭގައި މެދުއިރުމަތިން ރާއްޖެއަށް ދަތުރުކުރާ މަޝްހޫރު އެއާލައިންތައް ކަމަށްވާ އެމިރޭޓްސް، ފްލައި ދުބާއީ، ގަލްފް އެއާ، އެއާ އަރަބިއާ، އެތިހާދު އަދި ގަތަރު އެއާވޭސްގެ ފްލައިޓްތައް ހިމެނެ އެވެ.

މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނަށް ހަމަލާދޭން އިއްޔެ ފެށުމާ އެކު، މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން ވަނީ އުފެދިފަ އެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން އިއްޔެ ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލް ކުރުމުން، 1,400 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އެއާޕޯޓުގައި ތާށިވެފަ އެވެ.

Advertisement

Advertisement 1

އެއާޕޯޓުގެ ހާލަތު ބެއްލެވުމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ރޭ ވަނީ އެއާޕޯޓަށް ވަޑައިގެންފައެވެ. އެއަށްފަހު ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ނުފުރި ތިބި ފަތުރުވެރިންނަށް އެއާޕޯޓުގައި ފަސޭހައިން ތިބެވޭނެ އިންތިޒާމުތަކެއް މޯލްޑިވްސް އެމްއޭސީއެލުން ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން، އެމްއޭސީއެލުން ވަނީ ފަތުރުވެރިން ނިދުމަށް ބޭނުންކުރާނެ ސްލީޕިން ބޭގާއި ރާޖަގަނޑު ފަދަ ތަކެތި ފޯރުކޮށްދީފައެވެ. އެއާޕޯޓުގައި ތާށިވި ފަތުރުވެރިން ރޭ މަޑުކޮށްގެން ތިބީ ކުރީގެ ޑޮމެސްޓިކް ޓާމިނަލާއި، ޑޮމެސްޓިކް ޓާމިނަލް ކުރިމަތީގައި ހުންނަ ރެސްޓޯރެންޓުގެ ތިރީގައި ހުންނަ އޭސީ ސަރަހައްދުގަ އެވެ.

މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ރާއްޖެއަށް އަންނަ ފްލައިޓްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދާއިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އޭގެ އަސަރު ފޯރާނެ ކަމެކެވެ.

އެމްއޭސީއެލްމިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން(ކުރީގެ މިނިސްޓަރު) ތާރިގް އިބްރާހިމްފަތުރުވެރިކަންމެދުއިރުމަތިހަނގުރާމަ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރިޔަސް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ: ރައީސް

ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހުނަސް، މުވައްޒަފުންނަށް ޑޮލަރުން މުސާރަ

2 ގަޑިއިރު ކުރިން - 14:46

ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

ގައުމީ އިންޖިނިއަރުންގެ ދުވަހު އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

21 ގަޑިއިރު ކުރިން - 19:52

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

3 ދުވަސް ކުރިން - 11:46

ޓޫރިޒަމް މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު ރުފިޔާއަށް ބަދަލުކުރަން އުޅޭތީ ޓީއީއޭއެމްއިން ކަންބޮޑުވުން ފާޅުކޮށްފި

ޓޫރިޒަމް މުވައްޒަފުންގެ މުސާރަ ރުފިޔާއިން ދިނުމާ ދެކޮޅަށް ޓީއީއޭްއެމްއިން އިހުތިޖާޛުކޮށްފި

5 ދުވަސް ކުރިން - 16:41

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް: ރާއްޖޭގެ ފަރުތަކާއި މަސްވެރިކަމަށް ބޮޑު ނުރައްކަލެއް

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް މައްޗަށް؛ މިއީ ނުރައްކަލެއް

6 ދުވަސް ކުރިން - 14:38

ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީ.އައި.އެޗް.އެސްއާ ދެމެދު އެއްބަސްވުމެއް

6 ދުވަސް ކުރިން - 20:25