Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތެޔޮ އެތެރެކުރުމަށް މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ ހަރަދުކުރި

ތެޔޮ އެތެރެކުރުމަށް މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ ހަރަދުކުރި

މުހައްމަދު ޖަމްޝަތު
156 ދުވަސް ކުރިން - 26 މާޗް 2026 09:48
ސަރުކާރުން ތެޔޮ ރައްކާކުރަން ފުނަދޫގައި ހަދާފައިވާ ޓޭންކުތައް. ތެޔޮ އެތެރެކުރަން މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ ހޭދުކުރި ކަމަށް ސަރުކާރުން ބުނޭ---ފޮޓޯ: ޚުލާސާ
ސަރުކާރުން ތެޔޮ ރައްކާކުރަން ފުނަދޫގައި ހަދާފައިވާ ޓޭންކުތައް. ތެޔޮ އެތެރެކުރަން މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ ހޭދުކުރި ކަމަށް ސަރުކާރުން ބުނޭ---ފޮޓޯ: ޚުލާސާ
ޚުލާސާ

މީހުން ދިރިއުޅޭ ރަށްރަށަށް ކަރަންޓު ދިނުމަށް ދުވާލަކު 7،965 ފީފާ ޑީސަލް ބޭނުންވާއިރު، މިއީ އަހަރަކަށް ބަލާއިރު 2,907,225 ފީފާ ޑީސަލް

ނިމިދިޔަ އަހަރު އެކަނިވެސް ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް 10 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، މިއީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) 10 އިންސައްތަ ކަމަށެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި ތެލަށް ކުރި މި ބޮޑު ހަރަދަކީ ބޭރު ފައިސާއިން ރާއްޖެއިން ބޭރަށް ދިޔަ ފައިސާއެވެ. އެހެންކަމުން، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއެރުވުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓުތަކާއި ސިނާއީ ރަށްތަކުގައި މައިގަނޑު ގޮތެއްގައި ކަރަންޓު އުފައްދަނީ ތެޔޮ ބޭނުންކޮށްގެންނެވެ.

Advertisement

Advertisement 1

ރާއްޖޭގެ ހަކަތައިގެ ހާލަތާ ގުޅޭ ތަފްސީލު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގައި 310 މެގަވޯޓުގެ އިންޖީނު ބޭނުންކުރަމުންދާއިރު، ރިސޯޓުތަކުގައި 298 މެގަވޯޓު އަދި ސިނާއީ ރަށްރަށުގައި 30 މެގަވޯޓުގެ އިންޖީނު ބޭނުންކުރަމުންދާ ކަމަށެވެ. މީހުން ދިރިއުޅޭ ރަށްރަށަށް ކަރަންޓު ދިނުމަށް ދުވާލަކު 7،965 ފީފާ ޑީސަލް ބޭނުންވާއިރު، މިއީ އަހަރަކަށް ބަލާއިރު 2,907,225 ފީފާ ޑީސަލެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނަވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ.

ވަޒީރު ވިދާޅުވީ މިވަގުތު ހަމައެކަނި އިއާދަކުރަނަވި ހަކަތައިން ކަރަންޓު ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ނަމަވެސް، އެ މިސްރާބަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޒައާމަތުގައި ހަކަތައިގެ ސިޔާސަތުގެ އިސްތިރާޖިއްޔާތައް ކަނޑައަޅައި އަޅުގަނޑުމެން މިވަނީ އާއްމުކޮށްފައި. އޭގެ އިތުރަށް ހަކަތައިގެ މަގުޗާޓު ވަނީ އިއުލާނުކުރެވިފައި،" ވަޒީރު ވިދާޅުވިއެވެ.

ރަށްރަށުގެ ހަކަތައިގެ ހިދުމަތް ޔަގީންކުރުމަށްޓަކައި މިހާތަނަށް 115 މެގަވޯޓުގެ ކެޕޭސިޓީގެ 157 ޖަނަރޭޓަރު ރަށްތަކަށް ފޮނުވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ރަށްރަށުގެ ކަރަންޓު ވިއުގަ ތަރައްގީކުރުމާއި ބެޓަރީ ސްޓޮރޭޖް އިތުރުކުރުމުގެ މަސައްކަތްތައްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

(ކުރީގެ މިނިސްޓަރު) ތާރިގް އިބްރާހިމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔޫއޭއީ އާއި ގަތަރަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

107 ދުވަސް ކުރިން - 12:11

އަންނަ މަހުން ފެށިގެން ސްޕިއާ ފިށިންކުރަން ހުއްދަ ދެނީ

އަންނަ މަހުން ފެށިގެން،ސްޕިއާ ފިށިންކުރަން ހުއްދަ ދެނީ

152 ދުވަސް ކުރިން - 21:37

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި ތާށިވި 1600 އަށްވުރެ ގިނަ ފަތުރުވެރިންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފި

ހާހަކަށް ވުރެ ގިނަ ފަތުރުވެރިންނަށް ސަރުކާރުން އެހީތެރިކަން

169 ދުވަސް ކުރިން - 17:24

ރާއްޖޭގައި މި އަހަރު ހަތް ރިސޯޓެއް ހުޅުވާނެ: ޓުއަރިޒަމް މިނިސްޓަރު

މި އަހަރު ރާއްޖޭގައި ހަތް ރިސޯޓެއް ހުޅުވަނީ

177 ދުވަސް ކުރިން - 19:02

ވެލާނާ އެއާޕޯޓުގެ 23 ފްލައިޓެއް މިއަދު ކެންސަލް ކޮށްފި

ވެލާނާ އެއާޕޯޓުގެ،23 ފްލައިޓެއް މިއަދު ކެންސަލް ކޮށްފި

181 ދުވަސް ކުރިން - 13:35

"ނޭޝަނަލް ވޯޓާ އެންޑް ސްވަރޭޖް ޕޮލިސީ" މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި

"ނޭޝަނަލް ވޯޓާ އެންޑް ސްވަރޭޖް ޕޮލިސީ" އިފްތިތާހުކޮށްފި

205 ދުވަސް ކުރިން - 20:03