Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި ތާށިވި 1600 އަށްވުރެ ގިނަ ފަތުރުވެރިންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފި

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި ތާށިވި 1600 އަށްވުރެ ގިނަ ފަތުރުވެރިންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފި

އައިޝަތު ރުވާ ރިފްޢަތު
169 ދުވަސް ކުރިން - 12 މާޗް 2026 17:24
ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް---
ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް---
ޚުލާސާ

ފުރޭނެ ގޮތެއް ނެތި އެއާޕޯޓުގައި މަޑުކުރަންޖެހުނު ފަތުރުވެރިން ތިބުމަށް ކުރީގެ ޑޮމެސްޓިކް ޓާމިނަލް ވަނީ ހަމަޖައްސާފަ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖެއިން ފުރޭނެ ގޮތެއް ނެތިފައި ތިބި 1,680 ފަތުރުވެރިންނަށް ސަރުކާރުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މިކަމާ ގުޅޭ ތަފްސީލު ހާމަކުރެއްވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ، ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ ފަތުރުވެރިންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ. މިގޮތުން، ފަތުރުވެރިންނަށް ބޭނުންވާ މައުލޫމާތު ދިނުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ ޑެސްކެއް ގާއިމުކޮށްފައިވާ ކަމަށާއި، މި މަސައްކަތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

މިނިސްޓަރު ވިދާޅުވި ގޮތުގައި، ފުރޭނެ ގޮތެއް ނެތި އެއާޕޯޓުގައި މަޑުކުރަންޖެހުނު ފަތުރުވެރިން ތިބުމަށް ކުރީގެ ޑޮމެސްޓިކް ޓާމިނަލް ވަނީ ހަމަޖައްސައިދީފައެވެ. އެތަނުގައި ފަތުރުވެރިންނަށް ބޭނުންވާ ކެންޓީނުގެ ހިދުމަތް ގާއިމުކޮށް، އެއްފަހަރާ 150 އެއްހާ މީހުންނަށް ނިދޭނެ އިންތިޒާމު ވެސް ހަމަޖެއްސި އެވެ. ގިނަ އަދަދެއްގެ ފަތުރުވެރިން މިހާރު ފުރައިގެން ގޮސްފައިވާއިރު، މިވަގުތު އެތަނުގައި ތިބީ 12 ވަރަކަށް މީހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް މިކަމުން ކުރާނެ އަސަރުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 30 އިންސައްތައަކީ މެދުއިރުމަތީގެ ސަރަހައްދުން އަންނަ މީހުން ކަމަށެވެ. އެހެންކަމުން، ދަތުރުފަތުރުގެ ދަތިކަން ހައްލުކުރުމަށްޓަކައި އެހެން ސަރަހައްދުތަކުން ރާއްޖެއަށް އެއާލައިންތައް ގެނެވޭނެ ގޮތްތައް ހޯދަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ހާއްސަކޮށް ރަޝިއާ، ޗައިނާ އަދި އިންޑިއާއިން އިތުރު ފްލައިޓުތައް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ބައެއް ގައުމުތަކުގެ އެމްބަސީތަކާ ގުޅިގެން ރާއްޖެ އިތުރަށް މާކެޓް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، މި ދަނޑިވަޅުގައި ރާއްޖެައަށް އަންނަން ބުކިން ހަދާފައިވާ ފަރާތްތަކުން ދަތުރު ކެންސަލްކުރަން ބޭނުންނަމަ، އިތުރު ޗާޖަކާ ނުލައި ރީބުކް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.

މިނިސްޓަރު ތޯރިގު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން، މިނިސްޓްރީން ދޭ އިރުޝާދުތަކާ އެއްގޮތަށް ފަތުރުވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ބާރުއަޅުއްވާފަ އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން(ކުރީގެ މިނިސްޓަރު) ތާރިގް އިބްރާހިމްރައީސުލްޖުމްހޫރިއްޔާގެ އޮފީސްއީރާން ކްރައިސިސް 2026
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

4 ދުވަސް ކުރިން - 13:33

ރުފިޔާގެ ޑިމާންޑް މަތިކުރަން މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

5 ދުވަސް ކުރިން - 14:18

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

5 ދުވަސް ކުރިން - 13:54

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

5 ދުވަސް ކުރިން - 11:25

ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވަރިންޓީގެ މަގާމަށް އާޒިމާ ޝަކޫރު އައްޔަންކުރައްވައިފި

ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް އާޒިމާ ޝަކޫރު އައްޔަނުކުރައްވައިފި

5 ދުވަސް ކުރިން - 18:36