Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

"ނޭޝަނަލް ވޯޓާ އެންޑް ސްވަރޭޖް ޕޮލިސީ" މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި

"ނޭޝަނަލް ވޯޓާ އެންޑް ސްވަރޭޖް ޕޮލިސީ" މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
207 ދުވަސް ކުރިން - 4 ފެބްރުއަރީ 2026 20:03
"ނޭޝަނަލް ވޯޓަރ އެންޑް ސްވަރޭޖް ޕޮލިސީ" އިފްތިތާހުކުރުން/ ފޮޓޯ: އެންވަޔަރަންމަންޓް މިނިސްޓްރީ
"ނޭޝަނަލް ވޯޓަރ އެންޑް ސްވަރޭޖް ޕޮލިސީ" އިފްތިތާހުކުރުން/ ފޮޓޯ: އެންވަޔަރަންމަންޓް މިނިސްޓްރީ
ޚުލާސާ

މިސިޔާސަތުގެ މައިގަނޑު މަގްސަދަކީ ފެނާއި ނަރުދަމާގެ ދާއިރާ ތަރައްގީކޮށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މަގުޗާޓެއް އެކުލަވައިލުންކަަމަށް މިނިސްޓްރީން ހާމަކުރި.

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސާފު ފެނާއި އެކަށީގެންވާ ނަރުދަމާގެ ހިދުމަތް ކަށަވަރުކޮށްދިނުމަށްޓަކައި އެކުލަވައިލި "ނޭޝަނަލް ވޯޓާ އެންޑް ސްވަރޭޖް ޕޮލިސީ" މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

މި ސިޔާސަތު އިފްތިތާހު ކޮށްދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ތާރިގު އިބްރާހީމެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނިގޮތުގައި، މި ސިޔާސަތުގެ މައިގަނޑު މަގްސަދަކީ ފެނާއި ނަރުދަމާގެ ދާއިރާ ތަރައްގީކޮށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މަގުޗާޓެއް އެކުލަވައިލުމެވެ. އަދި ރާއްޖޭގެ ފެނުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި، ފެނާއި ނަރުދަމާގެ ހިދުމަތްތައް މުޅި ރާއްޖޭގައި ތަރައްގީކުރުމަށް މަގުދައްކައިދޭނެ އޮނިގަނޑެއް އެކުލަވާލުމަކީވެސް މި ސިޔާސަތުގެ މުހިންމު ބޭނުމެކެވެ.

Advertisement

Advertisement 1

މި ސިޔާސަތަކީ ރާއްޖޭގެ ފެނާއި ނަރުދަމާގެ ދާއިރާ ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި، އެ މިނިސްތަރީން ބުނީ މި އޮނިގަނޑުގެ ދަށުން ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ހިދުމަތް ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.

މި ސިޔާސަތުގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި ގުދުރަތީ މީރުފެން ރައްކާތެރިކުރުމާއި، ދާއިރާގެ ކުރިއެރުމަށް އައު އީޖާދުތަކާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުން ހިމެނެ އެވެ. މީގެ އިތުރުން، މި ދާއިރާއިން އިތުރު ދިރާސާތައް ކުރުމާއި، އިންސާނީ ވަސީލަތް ބިނާކުރުމަށްވެސް މި ސިޔާސަތުގެ ދަށުން ހާއްސަ އިސްކަމެއް ދިނުމަށް ވަނީ ނިންމާފަ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން އިތުރަށް ބުނީ، މި ސިޔާސަތު ތަންފީޒުވެގެން ދިއުމާއެކު، އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުމެެއްކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރި އެވެ.

(ކުރީގެ މިނިސްޓަރު) ތާރިގް އިބްރާހިމްމިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

8 ދުވަސް ކުރިން - 17:46

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30،000 ފަތުރުވެރިން!

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30,000 ފަތުރުވެރިން!

9 ދުވަސް ކުރިން - 21:15

އަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން، މިއީ 4.1 އިންސައްތަ އިތުރުވުމެއް

އަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން، މިއީ 4.1 އިންސައްތަ އިތުރުވުމެއް

18 ދުވަސް ކުރިން - 12:35

އިތޯޕިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އިތޯޕިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

41 ދުވަސް ކުރިން - 13:55

ޔޫއޭއީ އާއި ގަތަރަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

109 ދުވަސް ކުރިން - 12:11

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަން ފަށައިފި

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަންފަށައިފި

121 ދުވަސް ކުރިން - 13:26