Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ޤާނޫނު އިސްލާހުކޮށްފި

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ޤާނޫނު އިސްލާހުކޮށްފި

އަައިޝަތު ޒީނާ
603 ދުވަސް ކުރިން - 20 ނޮވެންބަރު 2024 19:30
ރައްޔިތުންގެ މަޖިލިސް. / ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލިސް. / ފޮޓޯ: މަޖިލިސް
ޚުލާސާ

މިއަދު ހަވީރު ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ހުރިހާ މެންބަރުންވެސް ވޯޓު ދެއްވާފައިވަނީ ޤާނޫނު އަސާސީއަށް އެ އިސްލާހު ގެންނަން ފެނިވަޑައިގަންނަވާ ކަމަށް.

ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުވެވަޑައިގަންނަވާ ޕާޓީ ބަދަލުކުރައްވާނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނު އަސާސީ އިސްލާހުކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އެންޓި ޑިފެކްޝަންގެ އިސްލާހުތަކަށް ބަހުސް ކުރުމަށް ފަހު މުޅި މަޖިލީހުގެ ކޮމިޓީއަށް އެ ބިލް ފޮނުވާފައިވަނީ މިއަދުއެވެ. އަދި ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ރޯލްކޯލް ވޯޓަކުން މިއަދު ވޯޓަށް އަހާފައިވާއިރު ރޯލްކޯލް ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ބިލް ފާސްކުރަން ފެންނަކަމަށް ވޯޓުދެއްވާފައިވަނީ 75 މެންބަރުންނެވެ. އެއާއެކު އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްވެފައިވާކަމަށް ނިންމާފައިވާއިރު، އެ އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކުރުމަށްޓަކައި މިއަދު ހަވީރު ވަނީ ޖަލްސާއެއް ބާއްވާފައެވެ.

މިއަދު ހަވީރު ބޭއްވި ޖަލްސާގައި ނެގި ވޯޓުގައި އެ ކޮމިޓީ ރިޕޯޓު ފާސްކުރުމަށް ވޯޓު ދެއްވާފައިވަނީ 78 މެންބަރުންނެވެ. އަދި ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 13 މެންބަރުންނެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ހުރިހާ މެންބަރުންވެސް ވޯޓު ދެއްވާފައިވަނީ ޤާނޫނު އަސާސީއަށް އެ އިސްލާހު ގެންނަން ފެނިވަޑައިގަންނަވާ ކަމަށެވެ.

Advertisement

Advertisement 1

މި އިސްލާހުގައިވާ ގޮތުން، އަމިއްލަ މެންބަރަކު ޕާޓީއަކާ ގުޅުމުންނާއި، އިންތިޚާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުންނާއި، އިންތިޚާބުވި ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އިންތިޚާބުވި ޕާޓީން ވަކިކުރުމުން ވެސް ގޮނޑި ގެއްލޭނެއެވެ.

ސަރުކާރުން މިފަދައިން ޤާނޫނު އިސްލާހުކުރަން އުޅޭތީ އިދިކޮޅު އެމްޑީޕީން މިއަދު ވަނީ މަޖިލިސް ދޮށުގައި އިހުތިޖާޖުވެސް ކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސް
Ad
Ad

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

2 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

9 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

9 ދުވަސް ކުރިން - 10:45

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

21 ދުވަސް ކުރިން - 11:10

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

40 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

41 ދުވަސް ކުރިން - 12:12

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%