Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

2025 ވަނަ އަހަރުގެ ބަޖެޓް ކޮމިޓީން ފާސްކޮށްފި

2025 ވަނަ އަހަރުގެ ބަޖެޓް ކޮމިޓީން ފާސްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
658 ދުވަސް ކުރިން - 20 ނޮވެންބަރު 2024 22:41
މިއަދު ކުރިއަށް ގެންދިޔަ ބަޖެޓް ކޮމިޓީގެ 6 ވަނަ ބައްދަލުވުން/ ފޮޓޯ: މަޖިލިސް
މިއަދު ކުރިއަށް ގެންދިޔަ ބަޖެޓް ކޮމިޓީގެ 6 ވަނަ ބައްދަލުވުން/ ފޮޓޯ: މަޖިލިސް
ޚުލާސާ

އަންނަ އަހަރަށް ލަފާކުރާ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާ ކަމަށްވާއިރު، މިއީ ފަހުގެ ތާރީޚެއްގައި ނިސްބަތުން އެންމެ ކުޑަ ޑެފިސިޓް ކަމަށް ސަރުކާރުން ފާހަގަކުރައްވާ.

2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި ފާސްކޮށްފިއެވެ. ސަރުކާރުން ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފައިވަނީ އިތުރު ބަދަލެއް ނުގެނެސް، ނަމަވެސް މަޝްރޫޢުތަކުގެ ތަފްސީލު މަޖިލީހަށް ހުށަހެޅުމަށް ޝަރުތުކޮށްފައެވެ.

ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި 19 މެންބަރުންގެ ތެރެއިން 15 މެންބަރުންގެ ވޯޓުން ބަޖެޓް ވަނީ ފާސްކޮށްފައެވެ. މި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ވަނީ ބަޖެޓާ ގުޅޭ ގޮތުން މުހިންމު ހުށަހެޅުންތަކެއް ހުށަހަޅުއްވާފައެވެ.

އެގޮތުން، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ހުށަހަޅާ މަޝްރޫޢުތައް ވަކި މިންގަނޑުތަކަކަށް ބަލައި ތަރުތީބުކުރުމަށާއި، އަމަލީ މަސައްކަތް ނިންމާނެ މަޝްރޫޢުތަކުގެ ލިސްޓެއް 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން މަޖިލީހަށް ހުށަހެޅުމަށް ހުށަހަޅުއްވާފައިވެއެވެ. އަދި ސަރުކާރުން މިހާތަނަށް ހިންގުމަށް ސޮއިކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން ކުރިއަށްދާނެ އަދި ކުރިއަށް ނުގެންދެވޭނެ މަޝްރޫޢުތަކުގެ މަޢުލޫމާތު 2025 ވަނަ އަހަރުގެ މާރިޗު މަހުގެ ކުރިން ހުށަހެޅުމަށާއި، ކުރިއަށްދާ މަޝްރޫޢުތަކުގެ ޕްރޮގްރެސް ރިޕޯޓެއް ކޮންމެ ކުއާޓަރއެއްގައި މަޖިލީހަށް ހުށަހެޅުމަށްވެސް ހުށަހަޅުއްވާފައިވެއެވެ.

Advertisement

Advertisement 1

މީގެއިތުރުން 2025 ވަނަ އަހަރުގެ ބަޖެޓުގައި ޖުމްލަ ޚަރަދުގެ ގޮތުގައި 49.2 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، އޭގެ ތެރެއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ހިމެނެއެވެ. ޕީއެސްއައިޕީއަށް 12.4 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ސަރުކާރުން މި ބަޖެޓް ސިފަކުރައްވަނީ ޒިންމާދާރު ބަޖެޓެއްގެ ގޮތުގައެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރާ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާ ކަމަށްވާއިރު، މިއީ ފަހުގެ ތާރީޚެއްގައި ނިސްބަތުން އެންމެ ކުޑަ ޑެފިސިޓް ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ. ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް މުއްދަތުގައި ދަރަނި ދެމެހެއްޓެނިވި މިންވަރަކަށް ކުޑަކުރުމެވެ.

ރައްޔިތުންގެ މަޖިލިސްބަޖެޓް 2025
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

13 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

13 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

13 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

14 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

14 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

15 ދުވަސް ކުރިން - 07:43