ރާއްޖޭގައި އަލަށް އަޅާ އެއާޕޯޓުތަކާއި ކުރިއަށްދާ އެއާޕޯޓުތަކުގެ ތެރޭގައި ރ. އަލިފުށީ އެއާޕޯޓު ވަނީ ރަސްމީކޮށް ވަނީ ހިމަނާފަ. އެހެންކަމުން އަލިފުށީ ރައްޔިތުންގެ ހުވަފެންތައް މި ސަރުކާރުން ހަގީގަތަކަށް ހަދާނެ.
108 ދުވަސް ކުރިން - 12:09
ސިނަމާލެ ބްރިޖު ހުޅުވުނީއްސުރެ މިއަދާއި ހަމައަށް ވެސް ބްރިޖުން ދަތުރުކުރެވެނީ މުޅިން ހިލޭ. މިހެންކަމުން، ކުރު މުއްދަތެއްގެ ތެރޭގައި ބްރިޖުން ފީއެއް ނެގުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާ. ތިލަމާލެ ބުރިޖުން ވެސް ޓޯލް ފީ އެއް ނެގުމުގެ އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާކަމުގެ ޔަގީންކަން ރައީސް ދެއްވި.
108 ދުވަސް ކުރިން - 10:44
މިއީ ދުނިޔޭގެ އެންމެ ބޮޑު ހިރިގަލު މަހާނަތައް ހިމެނޭ ތާރީޚީ ގަބުރުސްތާން. އެތަން ރައްކާތެރިކުރުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ބާރު ސްޕީޑެއްގައި ކުރަމުން. މިއީ ދިވެހިންގެ ޤައުމީ ސިފަތަކާއި އާސާރީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ އެންމެ މުހިންމު އެއް މަޝްރޫޢު.
108 ދުވަސް ކުރިން - 09:21
އަންނަ އަހަރު މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް "ޑްރޯން ފަސްޓް ރެސްޕޮންޑާ" ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވަރުގަދަ ނަތީޖާ ނެރޭނެ ކަމަށާއި، ކުށުގެ ވެށީގައި އުޅޭ މީހުން އަލުން މުޖުތަމައަށް ނެރުމަށާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި.
109 ދުވަސް ކުރިން - 09:03
ރައީސް ވިދާޅުވީ، މާލޭގައި ޖާގަ ތަނަވަސް އާ ހެޑްކުއާޓަރެއް ބިނާކުރުމުގެ އިތުރުން، އިސްކަންދަރު ކޮށީގެ ދެވަނަ އިމާރާތާއި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާ މަރުކަޒެއް އަޅުއްވާނެ ކަމަށް. އަދި އަންނަ އަހަރުގެ ނިޔަލަށް ރަށްރަށުގެ ފުލުހުންގެ މަރުކަޒުތައް ނިންމައި، ތަމްރީނު މަރުކަޒުތައް އިތުރަށް ހަރުދަނާކުރައްވާނެ ކަމަށް.
109 ދުވަސް ކުރިން - 08:53
ތަރުޖަމާނު މުންދު ވިދާޅުވީ، ހުޅުމާލެ އާއި ވިލިމާލޭގައި ކުރިއަށްދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް. ލީސް-ޓު-އޯން މޮޑެލްއަށް ދޫކުރާ މި ފްލެޓްތައް 2028 ގެ މެދުތެރެއަށް ނިންމުމަށް އަމާޒުކޮށްފައިވާއިރު، މިއީ ރައްޔިތުންނަށް ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެއް.
109 ދުވަސް ކުރިން - 14:56
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި މި އެއްބަސްވުންތަކުގެ ދަށުން، ކުއްލި ހާލަތްތަކުގައި މުއައްސަސާތައް ގުޅިގެން ހަރަކާތްތެރިވުމާއި، ތަމްރީނުތައް ހިންގުމަށް މަގުފަހިވާނެ. މީގެ ބޭނުމަކީ އެއަރޕޯޓުގެ ރައްކާތެރިކަން ކަށަވަރުކޮށް، ތައްޔާރީ ހާލަތު ވަރުގަދަކުރުމެވެ. މިކަމުގެ ސަބަބުން އިދާރާތަކުގެ ދައުރު ސާފުވެ، މުޢާމަލާތުކުރުން ހަރުދަނާވެގެންދާނެ.
109 ދުވަސް ކުރިން - 14:05
ތިން ކޮންޓެއިނަރު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިހާރު ދަނީ ކުރަމުން. ފުލުހުންނާއި އެމްއެންޑީއެފުން ލަފާކުރާ ގޮތުގައި މި ކޮންޓެއިނަރުތައް އޮޔާދާނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދުން.
109 ދުވަސް ކުރިން - 14:01
ފުލުހުން ބުނި ގޮތުގައި ކޮންޓޭނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވޭ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން. އެހެންކަމުން އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކުން، މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ފަރުވާތެރިކަމާއެކު ދަތުރުކުރުމަށް ފުލުހުން އިލްތިމާސް ކުރޭ.
110 ދުވަސް ކުރިން - 01:58
މި ހާދިސާގައި ނިޔާވީ, އދ ހަންޏާމީދު / ޑެއިޒީވިލާ އުމުރުން 13 އަހަރުގެ އަލީ އަނަސް ބިން މުޙައްމަދު އަރީޝް. ބަގީ މޫދަށް ވެއްޓުމުގެ ކުރިން ދޯންޏެއްގައި ޖެހުމުގެ ސަބަބުން އޭނާގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ.
110 ދުވަސް ކުރިން - 14:26
އިދިކޮޅު ފަރާތްތަކުގެ ތުހުމަތުތައް ދޮގުކުރައްވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ސަރުކާރުގެ ހިދުމަތްތައް ހަލުވިވެ، ދެފުށް ފެންނަ ގޮތަށް ބަދަލުވެގެންދާނެ ކަމަށް އަދި 2030 އާ ހަމައަށްދާއިރު ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް.
110 ދުވަސް ކުރިން - 13:37
މަސްތުވާތަކެއްޗަކީ މުޅި މުޖުތަމައުގެ ބަދަހިކަމަށް އަސަރުކުރުވާ، އިޖުތިމާއީ، އިގްތިސާދީ، އަހްލާގީ އަދި ގައުމީ ސަލާމަތަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި. ރައީސް ހާމަކުރެއްވި ގޮތުގައި މިއަހަރުގެ ފަހުކޮޅު ރާއްޖޭގެ ތިން ސަރަހައްދެއްގައި މުޅިން އަލަށް ރިހެބިލިޓޭޝަން ސެންޓަރުތަކެއް ހުޅުވޭނެ.
111 ދުވަސް ކުރިން - 23:51