Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އީ-ވޯޓިންގ އެއް ނުގެންނާނަން؛ "މޯލްޑިވްސް 2.0" ގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން: ރައީސް

އީ-ވޯޓިންގ އެއް ނުގެންނާނަން؛ "މޯލްޑިވްސް 2.0" ގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން: ރައީސް

އައިޝަތު ރުވާ ރިފްޢަތު
1 ދުވަސް ކުރިން - 27 ޖޫން 2026 13:37
ޕްރެސް ކޮންފަރެންސެއްގައި ރައީސް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޕްރެސް ކޮންފަރެންސެއްގައި ރައީސް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އިދިކޮޅު ފަރާތްތަކުގެ ތުހުމަތުތައް ދޮގުކުރައްވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ސަރުކާރުގެ ހިދުމަތްތައް ހަލުވިވެ، ދެފުށް ފެންނަ ގޮތަށް ބަދަލުވެގެންދާނެ ކަމަށް އަދި 2030 އާ ހަމައަށްދާއިރު ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް.

"މޯލްޑިވްސް 2.0" ގެ ދަށުން ރާއްޖެ ޑިޖިޓަލް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ވޯޓުލާ ގޮތަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށާއި، އިލެކްޓްރޯނިކް ވޯޓިން ނުވަތަ އީ-ވޯޓިން ތައާރަފްކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިލްސިލާ ޕޮޑްކާސްޓް "ނޭޝަން ޗެޓް" ގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން" ބިލަކީ އީ-ވޯޓިން ތައާރަފްކޮށް ވޯޓުން ވައްކަންކުރަން ކުރާ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީން ކުރާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

"ވޯޓުލުން ޑިޖިޓަލް ކުރާކަަށް ނޫން މިއުޅެނީ އިނގޭތޯ. އިދިކޮޅު ފަރާތްތަކަށް ނެތް މިހާރު ރައްޔިތުންނަށް ވިއްކާނެ އެއްވެސް ސިޔާސަތެއް، އެހެންވީމަ މި އޮންނަނީ ދޮގު ހެދުން،"
ރައީސް ޑރ. މުހައްމަދު މުއިއްޒު

ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެންމެ މުހިންމު ކަމަކީ ހިދުމަތްތައް ދިނުމުގައި އިންސާނުންގެ ބައިވެރިވުން ކުޑަކުރުންކަން ފާހަގަކުރައްވަމުން، މި މަޝްރޫއުގެ ސަބަބުން ސަރުކާރު އިތުރަށް "ސްމާޓް" ވެ، ހިދުމަތްތައް ހަލުވިވެ، ދެފުށް ފެންނަ ނިޒާމެއް ގާއިމުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement 1

މި މަޝްރޫއުގެ އަމާޒުތަކުގެ ތެރޭގައި:

  1. 2030 އާ ހަމައަށް ދާއިރު ގައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތައަކީ ޑިޖިޓަލް އިގްތިސާދަށް ބަރޯސާވާ މިންވަރަކަށް ހެދުން.
  2. ފިޒިކަލް ކިއުތަކުގެ ބަދަލުގައި މަދު ކްލިކްތަކަކުން ހިދުމަތް ލިބޭނެ ގޮތް ހެދުން.
  3. ވަކިވަކި ރަށްތަކެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ގުޅިފައިވާ ވިއުގައަކުން ހިދުމަތް ދިނުން.
  4. ހިދުމަތް ލިބުން ލަސްވާ ލަސްވުމަށް ހައްލެއް ހޯދައި، ނަތީޖާ ނެރުމަށް އިސްކަންދިނުން.

ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދޭނެއެވެ. އަދި ކޮރަޕްޝަން ނައްތާލުމަކީ ހަމައެކަނި ސަރުކާރުން އަޅާ ފިޔަވަޅުތަކުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަމުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުންވެސް ބޭނުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "މޯލްޑިވްސް 2.0" އަކީ މުޅި ދައުލަތުގެ މުއައްސަސާތައް ގުޅިގެން ރާއްޖެއަށް އިންގީލާބީ ބަދަލެއް ގެނައުމަށް އިފްތިތާހުކުރި މުހިންމު ޕްރޮގްރާމެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުކޮރަޕްޝަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިގްތިސާދުގެ ވަރުގަދަކަން ގުޅިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ: ރައީސް

އިގްތިސާދުގެ ވަރުގަދަކަން ގުޅިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ: ރައީސް

1 ދުވަސް ކުރިން - 13:53

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

2 ދުވަސް ކުރިން - 23:51

ހައުސިންގް މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯތި ދޫކުރާނީ އިންސާފުވެރިކަމާއެކު: ރައީސް

ހައުސިންގް މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯތި ދޫކުރާނީ އިންސާފުވެރިކަމާއެކު: ރައީސް

2 ދުވަސް ކުރިން - 21:44

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

3 ދުވަސް ކުރިން - 13:00

ޕޭޕާލް ޚިދުމަތް ބަޔަކަށް ހަޖަމު ނުވަނީ ކީއްވެ؟

ޕޭޕާލް ޚިދުމަތް ބަޔަކަށް ހަޖަމު ނުވަނީ ކީއްވެ؟

6 ދުވަސް ކުރިން - 22:29

މާލޭގައި މާރުކޭޓު އެޅިޔަނުދިނުމަށް ސިޓިކައުންސިލުން ބިން ހިފަހައްޓައިފި

މާލޭގައި މާރުކޭޓު އެޅިޔަނުދިނުމަށް ސިޓިކައުންސިލުން ބިން ހިފަހައްޓައިފި

7 ދުވަސް ކުރިން - 12:01