މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓި އޮޔާ ދާން ފަށައިފިއެވެ.
ފުލުހުން ބުނީ ކޮންޓޭނަރުތައް އޮޔާދާ ކަމުގެ މައުލޫމާތު ލިބުނީ މިރޭ (27 ޖޫން 2026) 23:10 އެހައިކަންހާއިރު ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ކޮންޓޭނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވޭ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުންނެވެ.
އެހެންކަމުން އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކުން، މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ފަރުވާތެރިކަމާއެކު ދަތުރުކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.









