ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅު ނުވަނީސް ސިނަމާލެ ބްރިޖުން ޓޯލް ފީއެއް ނެގުމަށް ސަރުކާރުން ނުވިސްނާއިރު، މިހާރު ހަދަމުންދާ ތިލަމާލެ ބުރިޖުން ވެސް ޓޯލް ފީ އެއް ނެގުމުގެ އެއްވެސް މަޝްވަރާ އެއް ކުރަމުން ނުދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސިނަމާލެ ބްރިޖު ހުޅުވުނީއްސުރެ މިއަދާއި ހަމައަށް ވެސް ބްރިޖުން ދަތުރުކުރެވެނީ މުޅިން ހިލޭއެވެ.
މިހެންކަމުން، ކުރު މުއްދަތެއްގެ ތެރޭގައި ބްރިޖުން ފީއެއް ނެގުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވައެވެ.
އިތުރު ތަފްޞީލް އަންނަނީ…









