Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

އައިޝަތު ރުވާ ރިފްޢަތު
8 ގަޑިއިރު ކުރިން - 28 ޖޫން 2026 14:05
ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. / ފޮޓޯ: އެމްއޭސީއެލް
ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. / ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި މި އެއްބަސްވުންތަކުގެ ދަށުން، ކުއްލި ހާލަތްތަކުގައި މުއައްސަސާތައް ގުޅިގެން ހަރަކާތްތެރިވުމާއި، ތަމްރީނުތައް ހިންގުމަށް މަގުފަހިވާނެ. މީގެ ބޭނުމަކީ އެއަރޕޯޓުގެ ރައްކާތެރިކަން ކަށަވަރުކޮށް، ތައްޔާރީ ހާލަތު ވަރުގަދަކުރުމެވެ. މިކަމުގެ ސަބަބުން އިދާރާތަކުގެ ދައުރު ސާފުވެ، މުޢާމަލާތުކުރުން ހަރުދަނާވެގެންދާނެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރާއްޖޭގެ މުހިންމު ތިން އިދާރާއަކާއެކު މިއަދު ފަހުމުނާމާތަކެއްގައި ސޮއިކޮށްފިއެވެ.

އެމްއޭސީއެލް އިން މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އާއެކުގައެވެ.

މިކަމަށްޓަކައި ހުޅުލޭ އައިލެންޑް ހޮޓެލްގައި "އެއާޕޯޓް ކްރައިސިސް މެނޭޖްމަންޓް" ގެ ނަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާހުގެ އިތުރުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފާއި އެ ކުންފުނީގެ އިސްވެރިންނާއި ކަމާގުޅޭ މުއައްސަސާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement 1

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، މި ފަހުމުނާމާތަކުގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އެއަރޕޯޓުން ވެފައިވާ ތައްޔާރީތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ މައި ދޮރާށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރުމާއި، މުޢާމަލާތުކުރުމުގެ ނިޒާމު ހަރުދަނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ފަހުމުނާމާތަކުގެ ދަށުން އެމްއޭސީއެލް އާއި އެހެނިހެން އިދާރާތަކާ ދެމެދު ރަސްމީ އޮނިގަނޑެއްގެ ތެރެއިން އެއްބާރުލުން ދިނުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ތެރޭގައި ކޮންމެ މުއައްސަސާއެއްގެ ދައުރު ސާފުކޮށް ކަނޑައެޅުމާއި، މުވާސަލާތީ ގުޅުން ވަރުގަދަކުރުމާއި، ކުއްލި ހާލަތްތަކުގައި ގުޅިގެން ހަރަކާތްތެރިވާނެ ގޮތުގެ ތަމްރީނުތަކާއި ސިމިއުލޭޝަންތައް ހިންގުން ހިމެނެއެވެ.

މީގެ އިތުރުން، އެންޑީއެމްއޭ، އެމްއެމްއެސް އަދި އެމްއާރްސީއާ ގުޅިގެން އެއާޕޯޓާ ގުޅުންހުރި ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ޑްރިލްތަކާއި ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ފަހުމުނާމާގައި ސޮއި ކުރެއްވި އެންމެހާ އިދާރާތަކަށް އެމްއޭސީއެލް އިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ކޮންމެފަދަ ހާލަތަކަށްވެސް ތައްޔާރުވެފައިވާ، ރައްކާތެރި އަދި އިތުބާރު ހުރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދާނެ ކަމުގެ ޔަގީންކަން އެމްއޭސީއެލް އިން ވަނީ ދީފައެވެ.

އެމްއޭސީއެލްވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް "ހާބަރ ޕޯޓަލް" ތައާރަފުކޮށްފި

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް "ހާބަރ ޕޯޓަލް" ތައާރަފުކޮށްފި

2 ދުވަސް ކުރިން - 19:47

އެމްއޭސީއެލްގެ ބޯޑަށް ނާޞިފް އަދި އޭއައިއޭގެ ބޯޑަށް ޝެރީނާ

އެމްއޭސީއެލްގެ ބޯޑަށް ނާޞިފް އަދި އޭއައިއޭގެ ބޯޑަށް ޝެރީނާ

3 ދުވަސް ކުރިން - 23:43

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފި

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް

8 ދުވަސް ކުރިން - 19:53

ފްލައިނާސް އިން ހަފުތާއަކު ތިން ފްލައިޓާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް އަލުން ފަށައިފި

ހަފުތާއަކު ތިން ފްލައިޓާއެކު ފްލައިނާސް އިން ދަތުރުތައް އަލުން ފަށައިފި

8 ދުވަސް ކުރިން - 17:00

ވީއައިއޭގެ އިންކްލޫސިވް ހިދުމަތުގެ ދަތުރުގައި މިއީ ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް": ސީއީއޯ

ވީއައިއޭގެ އިންކްލޫސިވް ހިދުމަތުގެ ދަތުރުގައި މިއީ ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް": ސީއީއޯ

19 ދުވަސް ކުރިން - 08:55

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

25 ދުވަސް ކުރިން - 17:15