Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

އައިޝަތު ރުވާ ރިފްޢަތު
22 ގަޑިއިރު ކުރިން - 26 ޖޫން 2026 23:51
ރައީސް ޑރ. މުއިއްޒު. / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މަސްތުވާތަކެއްޗަކީ މުޅި މުޖުތަމައުގެ ބަދަހިކަމަށް އަސަރުކުރުވާ، އިޖުތިމާއީ، އިގްތިސާދީ، އަހްލާގީ އަދި ގައުމީ ސަލާމަތަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި. ރައީސް ހާމަކުރެއްވި ގޮތުގައި މިއަހަރުގެ ފަހުކޮޅު ރާއްޖޭގެ ތިން ސަރަހައްދެއްގައި މުޅިން އަލަށް ރިހެބިލިޓޭޝަން ސެންޓަރުތަކެއް ހުޅުވޭނެ.

މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދައަށް ފިޔަވަޅުއެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ގޮވާލެއްވީ، މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ އައިރުގާނޫނީ ވިޔަފާރިއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މަސްތުވާތަކެއްޗަކީ މުޅި މުޖުތަމައުގެ ބަދަހިކަމަށް އަސަރުކުރުވާ، އިޖުތިމާއީ، އިގްތިސާދީ، އަހްލާގީ އަދި ގައުމީ ސަލާމަތަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މިއަހަރުގެ ބައިނަލްއަގުވާމީ ޝިއާރު ކަމުގައިވާ "ދުނިޔޭގެ މަސްތުވާތަކެތީގެ މައްސަލަ: ދެމިއޮތް ކަންބޮޑުވުންތައް، އާ ގޮންޖެހުންތައް، އާ އީޖާދީ ހައްލުތައް" މި ޝިއާރުގެ ދަށުން މަސައްކަތް ކުރުމުގައި ދިވެހިރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައާއެކު ކަމަށެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ ގައުމުގެ މުސްތަގްބަލާއި ޒުވާނުންގެ ހިމާޔަތަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ރައީސް ހާމަކުރެއްވި ގޮތުގައި މިއަހަރުގެ ފަހުކޮޅު ރާއްޖޭގެ ތިން ސަރަހައްދެއްގައި މުޅިން އަލަށް ރިހެބިލިޓޭޝަން ސެންޓަރުތަކެއް ހުޅުވޭނެއެވެ. މިއީ ވަށާޖެހޭ ފުރިހަމަ ހިދުމަތްތަކާއެކު، މަސްތުވާތަކެތިން ސަލާމަތްވާ މީހުން އަލުން މުޖުތަމައަށް ނެރުމަށް މަގުފަހިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

Advertisement

Advertisement 1

މީގެއިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ރޫޅާލުމަށްޓަކައި ޤާނޫނީ އޮނިގަނޑަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން، ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން މިހާރު ވަނީ ކުރިއަށްވުރެ ވަރުގަދަވެފައެވެ. މި ބަދަލުތަކާއެކު، ކުށްވެރިން ޖަވާބުދާރީކުރުވުމާއި އިޖުރާއީ ހާމަކަން އިތުރުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އަލަށް އުފެދެމުންދާ ނުރައްކާތަކާއި، އާ ސައިކޯއެކްޓިވް މާއްދާތަކުގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރީގައި ބޭނުންކުރާ އާ އުކުޅުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި، ސަރަހައްދީ އަދި ބައިނަލްއަގްވާމީ ބައިވެރިންނާއެކު ރާއްޖެއިން އޮންނަ ގުޅުން ދަމަހައްޓާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލެއްވީ، މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަށްޓަކައި އާއިލާތަކާއި، މަދަނީ ޖަމްއިއްޔާތަކާއި، ޕްރައިވެޓް ސެކްޓަރ ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ. އަދި އެކަކު އަނެކަކަށް އަޅާލާ، އޯގާތެރި މުޖުތަމައެއްގެ ތެރެއިން ފަރުދުންނަށް އަމިއްލަ ނަފްސަށް ފައިދާހުރި ގޮތްތައް އިޚްތިޔާރުކުރުމުގެ ބާރުވެރިކަން ދީގެން، ވަރުގަދަ ގައުމެއް ބިނާކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމަސްތުވާތަކެތި
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިގްތިސާދުގެ ވަރުގަދަކަން ގުޅިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ: ރައީސް

އިގްތިސާދުގެ ވަރުގަދަކަން ގުޅިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ: ރައީސް

8 ގަޑިއިރު ކުރިން - 13:53

އީ-ވޯޓިންގ އެއް ނުގެންނާނަން؛ "މޯލްޑިވްސް 2.0" ގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން: ރައީސް

"އީ-ވޯޓިންގ އެއް ނުގެންނާނަން؛ 2.0 ގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން"

9 ގަޑިއިރު ކުރިން - 13:37

ހައުސިންގް މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯތި ދޫކުރާނީ އިންސާފުވެރިކަމާއެކު: ރައީސް

ހައުސިންގް މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯތި ދޫކުރާނީ އިންސާފުވެރިކަމާއެކު: ރައީސް

1 ދުވަސް ކުރިން - 21:44

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

2 ދުވަސް ކުރިން - 13:00

ޕޭޕާލް ޚިދުމަތް ބަޔަކަށް ހަޖަމު ނުވަނީ ކީއްވެ؟

ޕޭޕާލް ޚިދުމަތް ބަޔަކަށް ހަޖަމު ނުވަނީ ކީއްވެ؟

5 ދުވަސް ކުރިން - 22:29

މާލޭގައި މާރުކޭޓު އެޅިޔަނުދިނުމަށް ސިޓިކައުންސިލުން ބިން ހިފަހައްޓައިފި

މާލޭގައި މާރުކޭޓު އެޅިޔަނުދިނުމަށް ސިޓިކައުންސިލުން ބިން ހިފަހައްޓައިފި

6 ދުވަސް ކުރިން - 12:01